ކޮމިއުނިސްޓު ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ބޮޑު ވަފުދެއް ޗައިނާއަށް ފުރައިފި

ކޮމިއުނިސްޓު ޕާޓީގެ ދައުވަތަށް ޗައިނާއަށް ފުރި ޕީއެންސީގެ ވަފުދު --- ފޮޓޯ: ޕީއެންސީ

ކޮމިއުނިސްޓު ޕާޓީގެ ދައުވަތަށް ޗައިނާއަށް ފުރި ޕީއެންސީގެ ވަފުދު --- ފޮޓޯ: ޕީއެންސީ

ޗައިނާގެ ވެރިކަންކުރާ ޕާޓީ، ކޮމިއުނިސްޓު ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ ދައުވަތަކަށް ރާއްޖޭގެ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ބޮޑު ވަފުދެއް އެ ގައުމަށް ފުރައިފި އެވެ.

ޕީއެންސީން މިއަދު ބުނި ގޮތުގައި މިއީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދައުވަތަކަށް ކުރާ ދަތުރެކެވެ. އެ ޕާޓީގެ ވަފުދުގައި ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ރައީސް އޮފީހުގެ އޮފިޝަލުންވެސް ހިމެނެ އެވެ.

ޕީއެންސީގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެވެ. އޭގެ އިތުރުން އެ ޕާޓީގެ ގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާނުވެސް ޗައިނާއަށް ފުރި ވަފުދުގައި ހިމެނެ އެވެ.

ޕީއެންސީގެ ވަފުދުގައި ދެން ހިމެނެނީ:

  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން
  • މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު
  • ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު
  • ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން
  • ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު
  • އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު
  • ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު
  • މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް
  • ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު
  • ރައީސް އޮފީހުގެ އިބްރާހިމް އަބާން އަބްދުއްލަތީފު
  • ޑެޕިއުޓީ މިނިސްޓަރު އަމާނީ މުހައްމަދު

ވެރިކަންކުރާ ޕާޓީން ނެރުނު ބަޔާނުގައި ބުނީ މިއަދު ފެށި ދަތުރުގެ ނިންމާލާނީ މި މަހު 26 ގައި ކަމަށެވެ. ޕީއެންސީގެ ވަފުދުން މި ދަތުރުގައި ޗައިނާގެ ފަސް ސިޓީއަށް ޒިޔާރަތްކޮށް އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތަކުގެ މަސައްކަތް ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

"މި ދަތުރުފުޅުގެ މަގުސަދަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ހަލުއި އިގުތިސޯދީ ކުރިއެރުން ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާކުރުން،" ޕީއެންސީން ބުންޏެވެ.

އެ ޕާޓީގެ ވަފުދުން ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯއާ އަދި ޕާޓީގެ އިސްވެރިންނާއެކު މަޝްވަރާކޮށް ތަޖުރިބާ ހިއްދާކުރެވޭނެ ކަމަށެވެ.

ޕީއެންސީގެ އަސްލުކަމަށްވާ ޕީޕީއެމްގެ ވެރިކަމުގައި އޭރުގެ ސަރުކާރާ ޗައިނާއާ ވަރަށް ގާތް ގުޅުމެއް އޮތެވެ. ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް އޭރު ބޮޑެތި އެހީތައް ދިނެވެ. ސިނަމާލެ ބްރިޖް އަޅަން ހަރަދުކުރި 200 މިލިޔަން ޑޮލަރުގެ ދެބައިކުޅަ އެއްބައި އެގައުމުން ހިލޭ އެހީގެ ގޮތުގައި އޭރު ދިނެވެ. ޗައިނާގެ ރައީސް ޝީޖިންޕިން ރާއްޖެއަށް ރަސްމީ ދަތުރެެއް ކުރެއްވީ ވެސް އެ ވެރިކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox