18 ސެޕްޓެންބަރު 2024 - 10:23 1
މުހައްމަދު ޝަހްޒާން
ރައީސް ޑރ. މުހައްމަދު މުއިއްޒު. ރައީސް ވިދާޅުވީ މިމަސް ނިމުމުގެ ކުރިން ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލު ކުރަން ފަށާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
18 ސެޕްޓެންބަރު 2024 - 10:23 1
ޗައިނާއާ އެކު ރާއްޖެއިން ހަދާފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މި މަސް ނިމުމުގެ ކުރިން އަމަލު ކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮތް ނަމަވެސް، އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ 1، އިން ފެށިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ޗައިނާއާ ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން ބެއިޖިން އާއި ޝަންހާއީ އަދި ޓިންޖިންގެ ފްރީ ޒޯންތަކުގައި ދިވެހި ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ހަރަކާތްތެރިވެވޭނެ ކަމަށެވެ.
"އެފްޓީއޭ އިމްޕްލިމެންޓު ކުރާނެ 1 ޖެނުއަރީ 2025 ގައި އިނގޭތޯ؟ ދެން އޭގެ ޝެޑިއުލްތަކެއް ހުންނާނެ، އެއީ ދެން ވަރަށް ސްޓޭންޑަޑް ކަމެއް ހަމަ،" ސައީދު ވިދާޅުވި އެވެ.
"ޗައިނާގެ އެފްޓީއޭ އިރާދަކުރެއްވިއްޔާ، މިހާރު އެ ހިނގާ ގާނޫނީ މަރުހަލާ ނިމިގެން ގޮސް، ސެޕްޓެމްބަރު މަސް ނިމުމުގެ ކުރީގައި އިރާދަކުރެއްވިއްޔާ، އެފްޓީއޭ ތަންފީޒު ކުރަން ފެށޭނެ،" ޖުލައި 26، ގައި ރައީސް ވިދާޅުވެފައިވެ އެވެ.
ޗައިނާއާ އެކު ހަދާފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އިތުރުން އިންޑިއާއާ އެކު ވެސް އެފަދަ އެގްރިމެންޓެއް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގެ އިތުރު މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ޗައިނާއާއެކު ހަދާފައި އޮތް ފްރީ ޓްރޭޑް އެގްރިމެންޓުގެ ދަށުން ދިވެހި ވިޔަފާރިތަކަށް ޗައިނާގައި ލިބޭ ފުރުސަތުތައް ރާއްޖޭގައި ޗައިނާގެ ވިޔަފާރިތަކަށް ނުލިބޭނެ ކަމަށެވެ.
އިނާއާއެކު މިހާރު ވެސް 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރާ ކަމަށާއި އެކަމަކު ފްރީ ޓްރޭޑް އެގްރިމަންޓަށް އަމަލު ކުރަން ފެށުމުން އެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެ، އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment