Advertisement

އާއިލާއެއް ހާލުގައި ޖެއްސި ވާހަކަ އާސަންދައިން ދޮގުކޮށްފި

12 ސެޕްޓެންބަރު 2024 - 10:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އާއިލާއެއް ހާލުގައި ޖެއްސި ވާހަކަ އާސަންދައިން ދޮގުކޮށްފި

12 ސެޕްޓެންބަރު 2024 - 10:38 0

އާސަންދައިން ބަލި މީހަކަށް ދެމުންދިޔަ ހިދުމަތް އެއްކޮށް ކަނޑާލައި އާއިލާއެއް ހާލުގައި ޖެއްސި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަ އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

އާސަންދައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އުމުރުން 65 އަހަރުގެ އެ މީހާއަކީ އެއާ އެމްބިއުލާންސެއް މެދުވެރިކޮށް ޒަކާތު ފަންޑުން ހަރަދުކޮށްގެން ސައުދީ އަރަބިއްޔާގެ ޖިއްދާއިން އިންޑިއާއަށް ގެންދިޔަ މީހެއް ކަމަށެވެ.

އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަ ފުރިޔާ އެ ބަލި މީހާއަށް ހަމަޖައްސައި ދީފައިވާ ކަމަށް އާސަންދައިން ބުންޏެވެ.

"އޭނާއަށް ފަރުވާ ދެމުންދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެޕަލޯޕެތީއަށް. އިންޓެންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލޯވިން ތެރަޕީ އަދި ހައިޕާބަރިކް އޮކްސިޖަން ތެރަޕީ) އަށް އެޑްމިޓް ކުރުމަށް އެސްޓާ ސީއެމް އިން އާސަންދަށް ރިކުއެސްޓް ފޮނުވީ މާޗު 14، ގައި" އާސަންދައިން ބުންޏެވެ.

އާސަންދައިން ބުނީ ބަލި މީހާގެ ހާލަތު ފުރިހަމައަށް އިވެލުއޭޓްކޮށް، އޯގަސްޓް 18، އާ ހަމައަށް ހޭދަވީ މުއްދަތުގައި ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އެ ކުންފުނިން އެޕްރޫވް ދީފައިވާ ކަމަށެވެ.

ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ މުއްދަތަށްފަހު، ބަލި މީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއާ ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ވެންޓިލޭޓަރު ސަޕޯޓާއެކު ބަލި މީހާ އަނބުރާ ގެނައުމަށް އޯގަސްޓް 14، ގައި އާއިލާއާ ވާހަކަ ދެކެވިފައިވާ ކަމަށް އާސަންދައިން ބުންޏެވެ.

"ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަންތައް ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔައިދީ، ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާ ޕްލޭނަކާއެކު ތިން ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ގުޅޭގޮތުން ވެސް ވަނީ އާއިލާއާ ވާހަކަ ދައްކާފައި." އާސަންދައިން ބުންޏެވެ.

އޭގެއިތުރުން އާސަންދައިން ބުނީ އޮގަސްޓް 18، ގެ ނިޔަލަށް ހޮސްޕިޓަލުގެ ފަރުވާއަށް ހިނގާފައިވާ ހަރަދުތަކުގެ ފައިނަލް ބިލު ލިބިފައިވާއިރު ބިލަށް އަރާފައިވަނީ 89،339.91 ޑޮލަރު ކަމަށާއި އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖުތައް އުނިކުރުމަށްފަހު އާސަންދައިން ވަނީ 85،989.15 ޑޮލަރު ބަލި މީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައި ކަމަށެވެ.