Advertisement

ސަރުކާރުން ފައިސާ ނުދައްކާތީ އާސަންދައިން ފަރުވާ ނުދޭން ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން ނިންމައިފި

31 އޮގަސްޓު 2024 - 12:56 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސަރުކާރުން ފައިސާ ނުދައްކާތީ އާސަންދައިން ފަރުވާ ނުދޭން ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން ނިންމައިފި

31 އޮގަސްޓު 2024 - 12:56 3

ސަރުކާރުން ފައިސާ ނުދައްކާތީ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލައިފި އެވެ.

އާސަންދައިގެ އެމްޑީ އާމިނަތު ޒީނިޔާ "އަދަދު" އަށް ވިދާޅުވީ ޕެންޑިން ޕޭމަންޓްސްއާ ގުޅިގެން ބެންގަލޫރުގެ ސައިޓްކެއާ ހޮސްޕިޓަލް ޕްރައިވެޓް ލިމިޓެޑާއި، އެސްޓަ ސީއެމް އައި ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓިފައިވާ ކަމަށެވެ.

"އެސްޓަ ސީއެމް އައި ހޮސްޕިޓަލުން ވެސް ކްރެޑިޓަށް މިހާރު ދޫނުކުރޭ. ސައިޓްކެއާ ހޮސްޕިޓަލުން ވެސް އަމިއްލައަށް ހުއްޓާލީ. ޕޭމަންޓްސްތަކެއް ޕެންޑިންގައި ހުރީމަ ހުއްޓާލީ،" ޒީނިޔާ ވިދާޅުވި އެވެ.

ޒީނިޔާ ވިދާޅުވީ އެ ދެ ހޮސްޕިޓަލުގެ އިތުރުން ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުން ވެސް އާސަންދައިގެ ހިދުމަތް ނުލިބޭ ކަމަށެވެ.

މަނިޕާލް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލީ، އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގުތައް ރިވައިޒް ކުރުމަށްކަން ފާހަގަކުރައްވާ ޒީނިޔާ ވިދާޅުވީ އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް އެ ތިން ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ލިބެމުންދާނެކަން ޒީނިޔާ ފާހަގަކުރެއްވި އެވެ.

އާސަންދައިގެ ހިދުމަތް މިހާރު ލިބޭ ބެންގަލޫރުގެ ހޮސްޕިޓަލްތައް:

  • ދަ އައި ފައުންޑޭޝަން ސުޕަ ސްޕެޝާލިޓީ އައި ހޮސްޕިޓަލް
  • ކަޑަބަމްސް ހޮސްޕިޓަލް އެންޓަ ޕްރައިޒަސް
  • ސްޕާޝް ހޮސްޕިޓަލް
  • ސަކްރާ ވޯލްޑް ހޮސްޕިޓަލް
  • ރެއިންބޯ ޗިލްޑްރެންސް މެޑިކެއާ
  • އެން ޔޫ ހޮސްޕިޓަލް - ވެސްޓް
  • އެން ޔޫ ހޮސްޕިޓަލް - ސައުތު
  • ނަރަޔާނާ ނެތްރަލަޔާ
  • ހެލްތު ކެއާ ގްލޯބަލް އެންޓަ ޕްރައިސަސް
  • ބީޖީއެސް ގްލެނީގްލްސް ގްލޯބަލް ހޮސްޕިޓަލް
  • އެޕޯލޯ ހޮސްޕިޓަލް