Advertisement

ހުލާސާކޮށް އިއްޔެ: ފައިސާ ނުލިބޭތީ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން އާސަންދަ ހުއްޓައިލުން

1 ސެޕްޓެންބަރު 2024 - 06:04 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: ފައިސާ ނުލިބޭތީ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން އާސަންދަ ހުއްޓައިލުން

1 ސެޕްޓެންބަރު 2024 - 06:04 0

ދިވެހި ސަރުކާރުން ފައިސާ ނުދައްކާތީ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން އާސަންދަ ސްކީމުގެ ދަށުން ދިވެހިންނަށް ފަރުވާ ދިނުން ހުއްޓާލާފައިވާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އާސަންދައިގެ އެމްޑީ އާމިނަތު ޒީނިޔާ "އަދަދު" އަށް ވިދާޅުވީ ޕެންޑިން ޕޭމަންޓްސްއާ ގުޅިގެން ބެންގަލޫރުގެ ސައިޓްކެއާ ހޮސްޕިޓަލް ޕްރައިވެޓް ލިމިޓެޑާއި، އެސްޓަ ސީއެމް އައި ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓިފައިވާ ކަމަށެވެ.

"އެސްޓަ ސީއެމް އައި ހޮސްޕިޓަލުން ވެސް ކްރެޑިޓަށް މިހާރު ދޫނުކުރޭ. ސައިޓްކެއާ ހޮސްޕިޓަލުން ވެސް އަމިއްލައަށް ހުއްޓާލީ. ޕޭމަންޓްސްތަކެއް ޕެންޑިންގައި ހުރީމަ ހުއްޓާލީ،" ޒީނިޔާ ވިދާޅުވި އެވެ.

ޒީނިޔާ ވިދާޅުވީ އެ ދެ ހޮސްޕިޓަލުގެ އިތުރުން ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުން ވެސް އާސަންދައިގެ ހިދުމަތް ނުލިބޭ ކަމަށެވެ.

މަނިޕާލް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލީ، އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގުތައް ރިވައިޒް ކުރުމަށްކަން ފާހަގަކުރައްވާ ޒީނިޔާ ވިދާޅުވީ އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް އެ ތިން ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ލިބެމުންދާނެކަން ޒީނިޔާ ފާހަގަކުރެއްވި އެވެ.

މުހިއްމު ބައެއް ހަބަރު