11 ސެޕްޓެންބަރު 2024 - 10:24 2
11 ސެޕްޓެންބަރު 2024 - 10:24 2
ޔޫތު މިނިސްޓްރީގެ ނައިބު ވަޒީރުންގެ ގޮތުގައި ހޭދަކުރެއްވި މުއްދަތުގެ ބޮޑު ބައިގައި ސަސްޕެންޝަނުގައި ތިއްބެވުމަށް ފަހު އިއްޔެ އިސްތިއުފާދެއްވި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއަށް ސަރުކާރުން މިއަދު ޝުކުރު އަދާކޮށްފި އެވެ.
ޖެނުއަރީ މަހުން ފެށިގެން ސަސްޕެންޝަނުގައި ތިއްބެވި މަލްޝާ އަދި ޝިއުނާ މަގާމުން އިސްތިއުފާ ދެއްވީ ސަސްޕެންޝަނުގައި ތިއްބަވައިގެން މުސާރަ ނަންގަވާތާ އަށް މަސްވެފައިވަނިކޮށެވެ. މި މުއްދަތުގައި އެއިން ކޮންމެ މީހަކު މުސާރައިގެ ގޮތުގައި ޖުމްލަ 252،000ރ. ނެންގެވި އެވެ.
އެހެން ނަމަވެސް އެ ދެބޭފުޅުންނަށް ޝުކުރުއަދާކޮށް ޔޫތު މިނިސްޓްރީގެ ސޯޝަލްމީޑިއާ ހޭންޑުލްތަކުން މިއަދު ޖެހި ޕޯސްޓްގައި ބުނީ މަގާމުގައި ތިއްބަވައިގެން ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެ މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން އެ ދެ ބޭފުޅުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައިގައި އެ ދެ ބޭފުޅުންގެ އިތުރުން، ހަމަ އެ މިނިސްޓްރީގެ ނައިބު މަހުޒޫމް މާޖިދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރީ މި އަހަރުގެ ޖެނުއަރީ 7، ގަ އެވެ. މަހުޒޫމް އަދިވެސް ހުންނެވީ އެ މަގާމުގަ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫ އަރައި ހުޅުގަނޑު ފަޅައިގެން ދިޔައީ އެ ތިން މީހުން ވެސް އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ ސަބަބުންނެވެ. މި މައްސަލައިގައި އިންޑިއާގެ މަޝްހޫރު ފިލްމީތަރިންނާއި އިންޑިއާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ރާއްޖެއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކުރި އެވެ.
އެ ކަންތައްގަނޑުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ވިޔަފާރި ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ކުށްވެރިކުރި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫ އެރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ފާހަގަކޮށްލެވޭ ވަރުގެ ހީނަރުކަމެއް އައިސްފައިވެ އެވެ.
ނަމަވެސް ސަރުކާރުން މިހާރު ދަނީ އިންޑިއާއާ އެކު އޮތް ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އަލިމަގެއް ފެނި، މާލީ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން އެހީތެރިވާން ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
އޭގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް އަދި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ ރާއްޖެއަށް ވަޑައިގެންފަ އެވެ. މި ދަތުރުތަކުގައި ދެ ގައުމުގެ ދެމެދު ގިނަ މަޝްވަރާތަކެއް ވެސް ކުރި އެވެ.
ޝިއުނާ އަދި މަލްޝާއަކީ ރައީސް މުއިއްޒުގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވިއިރު ވެސް އެ ދެ ބޭފުޅުން އެ އިދާރާގައި މަސައްކަތް ކުރެއްވި އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކަކުނިސިކުނޑި
6 months ago
ޝުކުރު ހައްގީ ދިވެހިންނަށް.. މިހުރިހާ ކަމަކަށް ރުހި ގަބޫލު ވެގެން ތިބީތީ.. ކޮބާތޯ އިސްލާހީ މަސައްކަތްކުރާނެ ބަޔެއް؟ ނެތް!! މިވާހަކަ ޓުވިޓާގަ ގޮވިޔަސް ކަމަކު ނުދާނެ.. މިޔަށްވުރެ ބޮޑަށް ރައްޔިތުން ހޭލުންތެރިވެ ހައްގު ހޯދަން ނިކުންނަން ވެއްޖެ.. ބޮޑުތަކުރުފާނު ޕޯޗުގީޒުން އަތުން ރާއްޖެ ސަލާމަތް ކުރެއްވީ 17 އަހަރު ފަހުން..ސިޔާސީ ޕާރޓީތައް އަތުން މިގައުމު ސަލާމަތްކުރަން ނިކުންނަން ވެއްޖެ.. ހެދިހާ އެއްޗެއް ހެދިގެން ތިބެގެން ގައުމު ލޫޓޫވާ ނިންމައިފި..
މަލްސާ
6 months ago
ކުރިޔަށް އޮތް އިންޑިޔާ ދަތުރު ނިންމާލާފަ އައިސް ބޮޑު ވަޒީފާ އެއް ދޭނެ.
Comment