Advertisement

އެމެރިކާގައި ނުހައްގުން 10 އަހަރަށް ޖަލަށްލީ މީހަކަށް 50 މިލިއަން ޑޮލަރުގެ ބަދަލެއް

14 ސެޕްޓެންބަރު 2024 - 11:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާސެލް ބްރައުން ނޫސްވެރިންނާ ވާހަކަ ދައްކަނީ -- ފޮޓޯ: ފޮކްސް23


އެމެރިކާގައި ނުހައްގުން 10 އަހަރަށް ޖަލަށްލީ މީހަކަށް 50 މިލިއަން ޑޮލަރުގެ ބަދަލެއް

14 ސެޕްޓެންބަރު 2024 - 11:15 0

އެމެރިކާގައި ނުހައްގުން ޖަލަށްލީ މީހަކު 10 އަހަރު ފަހުން ޖަލުން މިނިވަންކޮށް، އޭނާއަށް 50 މިލިއަން ޑޮލަރު ދިނުމަށް ޗިކާގޯގައި ހުންނަ ޑިސްޓްރިކްޓް ކޯޓުން އަންގައިފި އެވެ.

ގަސްތުގައި މީހަކު މެރުމުގެ ކުށުގައި މާސެލް ބްރައުން، 34، ޖަލަށް ލުމަށް ހުކުމްކުރީ އުމުރުން 19 އަހަރުގައި 35 އަހަރުގެ މުއްދަތަކަށެވެ.

"އަހަރެންނަށް ހުކުމްކުރިއިރު އަހަރެންނަކީ ޓީނޭޖާއެއް. އެމީހުން އަހަރެން ބެހެއްޓީ ނުރައްކާތެރި މީހުންނާއެކު. އެއްވެސް ރަހުމެއް ނުކުރޭ،" ބްރައުން ބުންޏެވެ.

މައްސަލައާ ގުޅިގެން ގަސްތުގައި މީހަކު މެރި ކަމަށް އިއުތިރާފުވާން ފުލުހުން ބްރައުންއަށް މަޖުބޫރު ކުރުވި ކަމަށް ލޯޔަރު ކުރިން ބުނެފައިވެ އެވެ.