Advertisement

ރާއްޖޭގެ މިނިވަންކަމަށް ކުރާ މަސައްކަތަށް އެމެރިކާއިން އަބަދުވެސް އެހީވާނެ: ސަފީރު

9 ސެޕްޓެންބަރު 2024 - 18:40 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމެރިކާގެ ސަފީރު ޔޮން: ރާއްޖޭގެ މިނިވަންކަމަށް ކުރާ މަސައްކަތަށް އެމެރިކާއިން އަބަދުވެސް އެހީވާނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގެ މިނިވަންކަމަށް ކުރާ މަސައްކަތަށް އެމެރިކާއިން އަބަދުވެސް އެހީވާނެ: ސަފީރު

9 ސެޕްޓެންބަރު 2024 - 18:40 0

މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެމެރިކާއިން އަބަދުވެސް އެހީތެރިވާނެ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައާޅާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވިތާ އަހަރެއް ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ދެ ގައުމުގެ ގުޅުން ބިނާވަނީ ޑިމޮކްރަސީއާއި މިނިވަންކަމާއި ރާއްޖޭގެ ރައްކާތެރިކަމުގެ މައްޗަށް ކަމަށެވެ.

"ރާއްޖޭގެ މިނިވަންކަމަށް ކުރާ މަސައްކަތްތަކާއި ރަހުމަތްތެރިޔެއްގެ ގޮތުގައި ކުރެވޭ ކަންކަމަށް އެމެރިކާއިން އަބަދުވެސް އެހީތެރިވާނަން. ދުނިޔޭގެ އެންމެ މުހިންމު ކަނޑުދަތުރުގެ މަގުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް ކުރުމަކީ އެމެރިކާއިން ރާއްޖެއާ އެކު މަސައްކަތް ކުރާ އެއް ސަބަބު،" އޭނާ ވިދާޅުވި އެވެ.

ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމުގައި ރާއްޖެއިން ކުޅޭ ރޯލު ފާހަގަކޮށް ޔޮން ވަނީ ދިވެހިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން ބިނާކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ އާންމުންގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި، ތަކުރާރުކޮށް ރާއްޖޭގެ ކަނޑުތަކަށް ދުނިޔޭގެ އިގުތިސޯދު ބަރޯސާވާ މިންވަރު ސަފީރު ފާހަގަކުރެއްވި އެވެ.

އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކޮށް ސަފީރަކު ފުރަތަމަ ފަހަރަށް ރާއްޖެއަށް އައްޔަން ކުރީ ސެޕްޓެމްބަރު 2023, ގަ އެވެ. އްޖެއިން އެމެރިކާއާ އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1965 ގަ އެވެ.

މި ސަރުކާރަކީ މި ފަހުން އެމެރިކާއާއެކު އެންމެ ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރަމުންދާ ސަރުކާރެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވެސް ސަރުކާރަށް އަމާޒުވެފައިވެ އެވެ.