Advertisement

ޔުއެފާ ނޭޝަންސް ލީގު: ޖަރުމަނާއި ނެދަލެންޑްސް އެއްވަރު

11 ސެޕްޓެންބަރު 2024 - 08:58 0


ޔުއެފާ ނޭޝަންސް ލީގު: ޖަރުމަނާއި ނެދަލެންޑްސް އެއްވަރު

11 ސެޕްޓެންބަރު 2024 - 08:58 0

އަމްސްޓެޑަމް، ނެދަލެންޑްސް (ސެޕްޓެމްބަރު 11) - ޔުއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް ތިނެއްގައި، ނެދަލެންޑްސް އާއި ޖަރުމަނު ބައްދަލުކުރި މެޗު ވަނީ 2-2 އިން އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި، ނެދަލެންޑްސް އަށް ލީޑުނަގައިިދިނީ، ޓިޖާނީ ރައިންޑާސް އެވެ. މިއީ، ރަޔާން ގްރަވެންބާކް ދިން ބޯޅައަކުން ރައިންޑާސް ޖެހި ގޯލެކެވެ.

ޖަރުމަނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލައިފަ އެވެ. އެ ލަނޑު ޖެހީ މެޗުގެ 38 ވަަނަ މިނިޓްގައި ޑެނީސް އުންޑާވް އެވެ. މިއީ، ތުުރުކީ ދަރިކޮޅަށް ނިސްބަތްވާ އުންޑާވް، ޖަރުމަނު ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ފުރަަތަމަ މެޗެވެ. އޭނާ މި ވަނީ ފުރަތަމަ މެޗުގައި، ގައުމީ ޓީމަށް ފުރަތަމަ ގޯލު ޖަހައިދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނުން ލީޑުނެގީ، ޔޯސުއާ ކިމިކް ޖެހި ގޯލުންނެެވެ. އޭނާ މި ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، އުންޑާވް ދިން ބޯޅައަކުންނެވެ.

ނެދަލެންޑްސްގެ ޑިފެންޑަރު، ނޭތަން އަކޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި، ބަދަލުުކުރިއިރު، ދަނޑުން ބޭލީ ސްޓްރެޗަރުގަ އެވެ. ނެދަލެންޑްސް އިން އެއްވަރުކުރީ، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް ވަނަ މިނިޓްގަ އެވެ. މިއީ، 50 ވަަނަ މިނިޓްގައި، ޑެންޒެލް ޑަމްފްރީސް ޖެހި ގޯލެކެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް ތިނެއްގެ އެއް ވަނައިގައި އޮތް ޖަރުމަނާއި ދެ ވަނައިގައި އޮތް ނެދަލެންޑްސް އަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އާއި ހަތަރެއްގައި އޮތް، ބޮސްނިއާ އާއި ހަންގޭރީ އަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.