Advertisement

ސިޓީން ހާލަންޑަށް މުސާރަ ބޮޑުކޮށްދެނީ

8 ސެޕްޓެންބަރު 2024 - 08:37 0


ސިޓީން ހާލަންޑަށް މުސާރަ ބޮޑުކޮށްދެނީ

8 ސެޕްޓެންބަރު 2024 - 08:37 0

މެންޗެސްޓާ (ސެޕްޓެމްބަރު 8) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑަށް މުސާރަ ބޮޑުކޮށްދީ އޭނާގެ ކޮންޓްރެކްޓް އާ ކުރަން ސިޓީން މަޝްވަރާތައް ފަށައިފި އެވެ.

ހާލަންޑް، 2022 ވަނަ އަހަރު، ސިޓީއާ އެކު ސޮއިކުރީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. ހާލަންޑް ހޯދަން، ސިޓީން ވަނީ އެ ފަހަރު، ބޮރޫޝިއާ ޑޯޓްމަންޑަށް 62.5 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ހާލަންޑްގެ ބައްޕަ، މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާ، އަލްފް އިންޖް ހާލަންޑް ވަނީ މި ޑީލް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ބާރު އަޅައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީން ބޭނުންވަނީ، މިހާރު އޮތް ކޮންޓްރެކްޓަށް އިތުރު ދެ އަހަރު ހިމެނުމަށެވެ. އަދި އެ ޑީލްގެ ތެރެއިން ހާލަންޑް ވެގެންދާނީ ޕްރިމިއާ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ. ހާލަންޑަށް މި ވަގުތު ހަފްތާ އަކު، 375،000 ޕައުންޑް (500،000 ޑޮލަރު) ލިބެ އެވެ. އެންމެ ބޮޑު މުސާރައެއް ލިބެނީ، ހަފްތާ އަކު، 425،000 ޕައުންޑް (560،000 ޑޮލަރު) ލިބޭ، ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ އެވެ.

ސިޓީން ހާލަންޑަށް އާ ކޮންޓްރެކްޓެއް ދޭން ނިންމާ އެންމެ ބޮޑު ސަބަބަކީ، ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާގެ އޮފާއެއް ކުރިއަށް އޮތްތަނުގައި އޭނާ އަށް އައުމުގެ ފުރުސަތު ބޮޑުވުމުންނެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި، ހާލަންޑް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ހާލަންޑް ވަނީ ދެ އަހަރު ތެރޭ، ސިޓީ އަށް 11 ހެޓްރިކް ހަދައިދީފަ އެވެ.

ގިނަ ރެކޯޑްތަކެއް ވެސް މުގުރާލައިފައިވާ، ހާލަންްޑް ވަނީ ސިޓީ އަށް ލީގުގައި ކުޅެދިން 69 މެޗުން 70 ލަނޑު ޖަހައިފަ އެވެ. އަދި ޖުމްލަ އަދަަދަށް ބަލާއިރު، ސިޓީ އަށް ކުޅެދިން 102 މެޗުން ހާލަންޑް މި ވަނީ އެ ޓީމަށް 97 ގޯލު ޖަހައިދީފަ އެވެ.