Advertisement

ރައީސް މަސައްކަތް ކުރައްވަނީ ދިވެހިންގެ އަސްކަރީ ބާރު އަލުން ގާއިމްކުރަން: ގައްސާން

4 ސެޕްޓެންބަރު 2024 - 18:53 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން އޮތް ޖަލްސާއެއްގައި ގައްސާން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު


ރައީސް މަސައްކަތް ކުރައްވަނީ ދިވެހިންގެ އަސްކަރީ ބާރު އަލުން ގާއިމްކުރަން: ގައްސާން

4 ސެޕްޓެންބަރު 2024 - 18:53 1

ސިފައިންގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމުކުރަން ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ގައްސާން ދެއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ ގައުމީ ދުވަހަކީ ދުނިޔެގެ ޗާޓުގައި ދިވެހީންގެ ހިތްވަރާއި ފަންވަރު ދައްކުވައިދިން ދުވަހެއް ކަމަށެވެ. އަދި، ދިވެހީންނަކީ މީސްކޮޅު މަދު ބައެއް ނަމަވެސް އަސްކަރީ ގޮތުން ކުޅަދާނަ ބައެއްކަން ވެސް ގައުމީ ދުވަހު ދައްކުވައިދިން ކަމަށް ގައްސާން ވިދާޅުވި އެވެ.

"މިއަދު ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު އެ ކުރައްވަނީ މި ފަހުރު ދިވެހިރާއްޖެއަށް އަލުން ގެނެސްދެއްވަން، ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމު ކޮށްދެއްވަން، ދިވެހީންނަކީ ދުނިޔޭގައި ވެސް ވިދާލާ ބައެއްކަމުގައި މުޅި ދުނިޔެއަށް ވެސް ދައްކަވައިދެއްވަން، ރައްޔިތުންނަށް އިތުރު އުފާ ފާގަތިކަން ގެނެސްދެއްވަން،" ގައްސާން ވިދާޅުވި އެވެ.

އަސްކަރީ ގޮތުން އިތުރު ހަރުފަތަކަށް ޖެހި، ބާރު ގަދަވުމަށްޓަކައި ސަރުކާރުން ކުރަން ނިންމާފައިވާ މަސައްކަތްތަކެއް ގައްސާން ވިދާޅެއް ނުވެ އެވެ.

ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސްގެ ވައުދެކެވެ. އެ ވައުދުގެ ދަށުން މިދިޔަ މާޗު މަހު ސަރުކާރުން ވަނީ ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން ތިން އަންޑަމޭން އޭރިއަލް ވެހިކަލް (ޔޫއޭވީ) ގެނެސް ސިފައިންގެ އެއާ ކޯ އިފުތިތާހު ކޮށްފަ އެވެ.

ދިވެހި އަސްކަރިއްޔާއަށް ގެނެސްފައި ވަނީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ބައިރަކުތާރު ޓީބީ-2 ގެ ޑްރޯންތަކެކެވެ. ނަމަވެސް ރައީސްގެ ވައުދާ އެއްގޮތަށް 24 ގަޑިއިރު އެ ޑްރޯންތައް މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނިޓާ ކުރާ ކަމެއް ނޭނގެ އެވެ.