Advertisement

އެމެރިކާގެ އަސްކަރިއްޔާއާއެކު ދިވެހި ސިފައިން ކުރިއަށްގެންދާ ތަމުރީނު ޕްރޮގްރާމެއް ރާއްޖޭގައި ފަށައިފި

12 ޖަނަވަރީ 2025 - 14:37 1

Advertisement

މިއަދު ފެށި ތަމުރީނުގައި ބައިވެރިވާ އެމެރިކާ އަދި ދިވެހި ބައެއް ސިފައިން: އެއް މަސް ދުވަހަށް އެ ޕްރޮގްރާމު ކުރިއަށްދާނެ -- ފޮޓޯ: އެމްއެންޑީއެފް


އެމެރިކާގެ އަސްކަރިއްޔާއާއެކު ދިވެހި ސިފައިން ކުރިއަށްގެންދާ ތަމުރީނު ޕްރޮގްރާމެއް ރާއްޖޭގައި ފަށައިފި

12 ޖަނަވަރީ 2025 - 14:37 1

Advertisement

Advertisement

އެމެރިކާގެ އަސްކަރިއްޔާއާއެކު ދިވެހި ސިފައިން ބައިވެރިވާ ތަމުރީނު ޕްރޮގްރާމެއް ރާއްޖޭގައި މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނީ މިއަދު ފެށި ތަމުރީނަށް ކިޔަނީ "އެކްސަސައިޒް ފްލޭޝް މެޓަލް 2025-7006" ކަމަށެވެ. މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަކަށް އެ ތަމުރީނު ކުރިއަށްގެންދާނެ ކަމަށް ސިފައިން ބުނެ އެވެ.

Advertisement

އެ ތަމުރީނުގައި ދިވެހި ސިފައިންގެ ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަން އާއި ސްޕެޝަލް ފޯސްގެ ސިފައިންނާއި މެރިން ސިފައިން ބައިވެރިވާނެ ކަމަށެވެ. އެ ތަމުރީނުގައި ކިޔަވައިދެނީ އެމެރިކާގެ އަސްކަރިއްޔާއިންނެވެ.

އެ ތަމުރީނު ކުރިއަށްގެންދަނީ ސިފައިން ޓްރެއިނިން ހަދާ ގިރިފުށްޓާއި ލ. އަތޮޅުގެ ބައެއް ރަށްތަކާއި އެ ހިސާބުތަކުގެ ކަނޑުގައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެއީ ދިވެހި ސިފައިންގެ ގާބިލުކަން އިތުރު ކުރަން އެމެރިކާއާއެކު ސިލްސިލާކޮށް ބާއްވަމުންދާ ތަމުރީނުތަކެއް ކަމަށެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޒުއީމު

2 months ago

މާތްކަލާއްކޯ ސަރުކާރުން ހިންގާ މެގަ ޕުރޯޖެކްތެއް ތިޔައީ ކިޔެއްވެގެންބާ ހަވާ އަރުވާލާ ބާރަށު ދާއިރާގެ މެމްބަރ ސުޖާއަށް 5މިލިޔަންދީފަ އިވެންތް ސެތަޕެއހަދާލާ ކަތެއް ޤައްސާން މައުމޫން ވެސް ތިޔަވރު މެގަރ ޕުރޮޖެކްޓެއް ހޯއްދަވައިގެން މިގައުމަށް ގެނެސް ފައްޓައި ދެއްވާއިރު ޖީބައް ފުޑުކޮޅެއް ބުރުވާލާފަ ހެޑްލައިން އެއް ހަދައިލިނަމަ ދޯ ހަމަ އަންތަރީސްވެެއްޖެ ކަލޯ ބުނާކަށް މީދެން އަހަރެމެން އެމެރެރިކާ ސިފައިންނާ ގުޅިގެން ކޮންމެ އަހަރަކު ހިންގާ ތަމްރީން ތަކެކޭ