Advertisement

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަހަރުވެސް އެމްއެންޑީއެފުން އަލްބަމެއް ނެރެފި

5 ސެޕްޓެންބަރު 2024 - 11:51 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަހަރުވެސް އެމްއެންޑީއެފުން އަލްބަމެއް ނެރެފި

5 ސެޕްޓެންބަރު 2024 - 11:51 0

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަހަރުވެސް އެމްއެންޑީއެފުން ގައުމީ ލަވަ އަލްބަމެއް ނެރެފި އެވެ.

އެމްއެންޑީއެފުން އިއްޔެ ނެރުނު އަލްބަމުގައި ހިމެނެނީ ޖުމުލަ ހަ ލަވަ އެވެ. ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކިޔާފައި ވާ ލަވަތައް ހިމެނޭ އެ އަލްބަމް ހާއްސަ ކޮށްފައި ވަނީ "ދިވެހީން" ތީމަށެވެ.

އެމްއެންޑީއެފުން ބުނީ މިއަހަރުގެ ލަވަ އަލްބަމަށް ޅެން ހަދައިދިން ބޭފުޅުންގެ ތެރޭގައި ގައުމިއްޔަތު މިނިސްޓަރު، އާދަމް ނަސީރު އާއި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ސިފައިންގެ ކޮމާންޑު ސާޖަންޓު މޭޖާ އަބްދުﷲ ސައީދު އާއި ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު ހިމެނޭ ކަމަށެވެ.

ރާއްޖޭގެ ރީތިކަމާއި ޖަޒީރާ ވަންތަކަމުގެ އިތުރުން ދިވެހި ގައުމިޔަތު ސިފަކޮށްދޭ އެ އަލްބަމްގެ ވީޑިއޯ ލަވަތައް ޔޫޓިއުބާއި އެމްއެންޑީއެފްގެ ވެބްސައިޓުން ބަލައިލެވޭނެ ކަމަށް ސިފައިން ބުނެ އެވެ.

ކޮންމެ އަހަރެއްގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ލަވަ އަލްބަމެއް އެމްއެންޑީއެފުން ނެރެން ފެށީ 2022 ވަނަ އަހަރުން ފެށިގެންނެވެ.