Advertisement

ހިތަދޫ އެސްޓީއޯ ފިހާރައިން މުދާ ގެއްލޭތީ، ފިހާރަ ބަންދުކޮށް ހާއްސަ އޮޑިޓެއް ހަދަނީ

4 ސެޕްޓެންބަރު 2024 - 15:31 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ ހިތަދޫ އެސްޓީއޯ ފިހާރައިން މުދާ ގެއްލޭތީ އެ ފިހާރަ ބަންދުކޮށް، މުދާ ގުނަން ވަނީ ފަށާފައި -- ފޮޓޯ: އަދަދު


ހިތަދޫ އެސްޓީއޯ ފިހާރައިން މުދާ ގެއްލޭތީ، ފިހާރަ ބަންދުކޮށް ހާއްސަ އޮޑިޓެއް ހަދަނީ

4 ސެޕްޓެންބަރު 2024 - 15:31 1

އައްޑޫ ހިތަދޫ އެސްޓީއޯ ފިހާރައިން މުދާ ގެއްލޭތީ، އެ ފިހާރަ ބަންދުކޮށް ހާއްސަ އޮޑިޓެއް ހަދަން އިއްޔެ ފަށައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ ފިހާރައިގެ އޮޑިޓެއް ހަދަން ފެށީ ތަކުރާރުކޮށް އެކި ދުވަސް މަތިން މުދާ ގެއްލޭ މައްސަލައެއް ފެންމަތިވުމުންނެވެ.

"ސްޓޮކް މަދުވާކަން ސިސްޓަމަށް ފާހަގަކުރެވިގެން އޮޑިޓް ކުރަމުންދަނީ. ތަކުރާރުކޮށް މިކަން ހިނގާކަން އެނގޭނީ އޮޑިޓް ނިމުނީމަ. އަދި ނޭގޭ ކިހާ ވަރެއްގެ ސްޓޮކެއްކަން މަދުވީ،" އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސަރު ޔޫސުފް ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ މުދާ މަދުވާ މައްސަލައިގައި އެއްވެސް މުވައްޒަފަކު ބައިވެރިވެއްޖެކަން ފާހަގަކުރެވޭ ނަމަ، އެ މުވައްޒަފަކަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭގެ އިތުރުން ހިތަދޫ އެސްޓީއޯ ފިހާރައިގެ ހުރި މުދަލުގެ އަދަދު ގުނާ ނިމުނުހާ އަވަހަށް އެ ފިހާރަ ހުޅުވައި އާންމުންނަށް ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

މި މައްސަލަ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ.