Advertisement

ބްރިޖު އަޅާފަ އެ އޮތީ އިކޮނޮމިކް ކައުންސިލުގެ ނިންމުމާ އެއްގޮތަށް: އަދީބު

4 ސެޕްޓެންބަރު 2024 - 07:18 1

މޫސާ ނާޝިއު

މ

Advertisement

އަދީބު ވިދާޅުވީ ބުރިޖުގެ އަޅަފައި އޮންނާނީީ އިކޮނޮމީ ކައުންސިލުން ނިންމާފައިވާ ގޮތަށް ކަމަށް ---ފޮޓޯ:އަބްދުﷲ އިޔާން


ބްރިޖު އަޅާފަ އެ އޮތީ އިކޮނޮމިކް ކައުންސިލުގެ ނިންމުމާ އެއްގޮތަށް: އަދީބު

4 ސެޕްޓެންބަރު 2024 - 07:18 1

Advertisement

Advertisement

ސިނަމާލެ ބްރިޖު އަޅާ ނިންމުމަށްފަހު ހުޅުވާފަ އެ ވަނީ އިކޮނޮމިކް ކައުންސިލާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމެވި ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ސިނަމާލެ ބްރިޖުގެ ލޭންތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރޭގައި ސޯޝަލް މީޑިއާއަށް ހިއްސާކުރި ވީޑިއޯއެއްގައި އަދީބު ވިދާޅުވީ ބްރިޖު އަޅާފައިވަނީ އޭރުގައި އާންމުންނަށް ދައްކާލި އެނިމޭޝަން އާއި އެއްގޮތަށް ކަމަށެވެ.

Advertisement

"އޭރުގައި ދައްކާލި އެނިމޭޝަން އާ ވެސް އެއްގޮތަށް ބުރިޖު އެޅިފަ އެ އޮތީ. ދޮގު މައުލޫމާތުތައް ފަތުރައިގެން އެކި ބައެއްގެ އަގު ވައްޓާލުމަކީ އާދައެއް،" އަދީބު ވިދާޅުވި އެވެ.

ބްރިޖު ލޭނުގެ ވާހަކަ އާންމުންނަށް އޮޅޭ ގޮތަށް ދައްކާތީ އެ މަސައްކަތް ކުރިއަށްދިޔަ ގޮތް ސާފުކޮށްދިނުމަށް ގިނަ ބަޔަކު ގުޅާ ކަމަށް ވިދާޅުވެ އަށް މިނަޓުގެ އެ ކުރު ވީޑިއޯގައި އަދީބު ވަނީ ބްރިޖުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ސާފުކޮށްދެއްވައިފަ އެވެ.

އެ ވީޑިއޯގައި އަދީބު ވަނީ ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމްއެމްޕީއާރްސީ ގެ މޭސްތިރިޔަކީ ރައީސް ޔާމީނު ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

Advertisement

"އެމްއެމްޕީއާރްސީގެ މޭސްތިރިޔަކީ އެ ބޭފުޅާ. [ހިޔާނާތުގެ ފައިސާ] އެކައުންޓުގައި ހުރީ އެ ބޭފުޅާގެ، އެސެޓު ވެސް ހުރީ އެ ބޭފުޅާގެ. އެކަމަކު އަޅުގަނޑުގެ ބޮލަށާއި [އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ] ޒިޔަތުގެ ބޮލަށް ހުރިހާ ކަމެއް ޖެހީ،" އަދީބު ވިދާޅުވި އެވެ.

އަދީބަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަމާއި ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އަދީބުގެ މައްޗަށް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެނިކޮށް އޭނާގެ ހުކުމް ލުއި ކުރުމުން އޭނާ ވަނީ ޖަލުން މިނިވަންވެފަ އެވެ.

Advertisement

0.00%

0.00%

75.00%

25.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އިބްރަހހިމް

6 months ago

ހަމަ ޔަގިިނުންވެސް ބްރިޖް ކުޱައެއް ނުވޭ، މުއިޒް ކުރިން ދިން އިންޓަވިއުގަވެސް ބުނަނީ ފުޅާމިނު 20 މީޓަރު ހުންނަ ވާހަކަ. މިހާރު 21 މީޓަރު އެބަރު. އެހެންވީމަ އެއްޗެއް ކާލާފަ ނެތް. މިހާރުވެސް ބޭނުންވަންޏާ 40 ލޭނުވެސް ކުރަހަންވީ.