Advertisement

ބާ ކައުންސިލުގެ ހިންގާ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރާ ބިލު ތަސްދީގުކޮށްފި

3 ސެޕްޓެންބަރު 2024 - 12:39 0

މޫސާ ނާޝިއު

މ

Advertisement

ބަންޑާރަ ނައިބު އަހުމަދު އުޝާމް: ބާ ކައުންސިލުގެ ހިންގާ ކޮމިޓީން އޭނާ ވަނީ އިސްތިއުފާދެއްވާފައި -- ފޮޓޯ: ރައީސް އޮފީސް

ބާ ކައުންސިލުގެ ހިންގާ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރާ ބިލު ތަސްދީގުކޮށްފި

3 ސެޕްޓެންބަރު 2024 - 12:39 0

Advertisement

Advertisement

ގާނޫނީ ވަކީލުން ރެގިއުލޭޓު ކުރުމަށް އޮންނަ ބާ ކައުންސިލްގެ ހިންގާ ކޮމިޓީ އަދި އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އުނިކުރަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ގާނޫނުގެ ސަބަބުން ގާނޫނީ ވަކީލުގެ ކަންކަން ތަންފީޒުކޮށް ހިންގަން އެ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ މަންދޫބުން ކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ލިބިގެންދާނެ އެވެ.

Advertisement

ބާ ކައުންސިލް މިހާރު އެކުލެވިގެން ވަނީ ވަކީލުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ ހަ މެންބަރުންނާއި ބަންޑާރަ ނައިބެވެ. ދެން ބާ ކައުންސިލުގައި ތިބޭނީ ބަންޑާރަ ނައިބު ނުލާ އިންތިހާބުކުރާ މެމްބަރުންނެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމިޓީން އޭޖީ އުނިކުރަން ފާސްކޮށްފި

ބާ ކައުންސިލްގެ ހިންގާ ކޮމިޓީ، އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އިންނަވާ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮތް މާއްދާ އިން ބަންޑާރަ ނައިބު އުނިކުރަން ފާސްކުރީ 77 މެންބަރުންގެ ވޯޓުން.

ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ. ބާ ކައުންސިލް ވުޖޫދު ކުރުމުގެ ކުރިން ވަކީލުންގެ ކަންކަން ބަލަހައްޓަމުން ގެެންދިޔައީ ސުޕްރީމް ކޯޓުންނެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަކީލުން ރެގިއުލޭޓް ކުރި ދުވަސްވަރެއް ދިޔަ އެވެ.

Advertisement

ވަކީލުންގެ މައްސަލަތައް ބެލުމާއި ރެގިއުލޭޓް ކުރުން ވަކީލުންނަށް ދޫކޮށްލުމަކީ އަބަދު ވެސް ގާނޫނީ ފަންނުގެ ދާއިރާގައި އަޑު އުފުލަމުން އައި ކަމެކެވެ.