Advertisement

މިދިޔަ މަހު ނިސްބަތުން އެންމެ ބޮޑުތަނުން އިތުރުވީ އިޓަލީ ޓޫރިސްޓުން

3 ސެޕްޓެންބަރު 2024 - 12:47 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުން ތަކެއް ރަށެއްގެ މަގަކުން ހިނގާފައި އަންނަނީ: މިދިޔަ މަހު އިންޑިޔާ އިން ދިހަ ހާސް ޓޫރިސްޓުން އައިސްފައިވޭ -- އަދަދު ފައިލް ފޮޓޯ


މިދިޔަ މަހު ނިސްބަތުން އެންމެ ބޮޑުތަނުން އިތުރުވީ އިޓަލީ ޓޫރިސްޓުން

3 ސެޕްޓެންބަރު 2024 - 12:47 0

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ނިސްބަތުން އެންމެ ބޮޑަށް އިތުރުވެފައި ވަނީ އިޓަލީން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސް ހިސާބު ތަކުގައިވާ ގޮތުން، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ފަސް މާކެޓްގެ ތެރެއިން، މިދިޔަ މަހު 14،186 ޓޫރިސްޓުން އިޓަލީން ރާއްޖެ އައިސްފައިވާއިރު، އެއީ ޖުލައި މަހު އެގައުމުން އައި ޓޫރިސްޓުންގެ އަދަދަށްވުރެ 7،196 ޓޫރިސްޓުން އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހު އިޓަލީން ރާއްޖެ އައިސްފައި ވަނީ 10،525 ޓޫރިސްޓުންނެވެ.

އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އަންނަ ޗައިނާ އިން ގާތްގަނޑަކަށް 39،600 ޓޫރިސްޓުން މިދިޔަ މަހު ރާއްޖެ އައިސްފައިވެ އެވެ. އެއީ ޖުލައި މަހު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދަށްވުރެ 1،302 މީހުން އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ޗައިނާ އިން ރާއްޖެ އައިސްފައި ވަނީ 28،530 ޓޫރިސްޓުންނެވެ. ޗައިނާ އިން މި އަހަރު އައި ޓޫރިސްޓުންގެ އަދަދު މިހާރު ހުރީ ދެ ލައްކަ އާ ގާތުގަ އެވެ.

އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އަންނަ ހަ ގައުމު

ޗައިނާ

  • 2024 އޮގަސްޓް: 39640
  • 2023 އޮގަސްޓް: 28،530

ރަޝިޔާ

  • 2024 އޮގަސްޓް: 20،895
  • 2023 އޮގަސްޓް: 17،526

އިނިރޭސިވިލާތް

  • 2024 އޮގަސްޓް: 12،710
  • 2023 އޮގަސްޓް: 10،710

އިޓަލީ

  • 2024 އޮގަސްޓް: 14،186
  • 2023 އޮގަސްޓް: 10،525

ޖަރުމަނު

  • 2024 އޮގަސްޓް: 9،471
  • 2023 އޮގަސްޓް: 8،382

އިންޑިޔާ

  • 2024 އޮގަސްޓް: 10،136
  • 2023 އޮގަސްޓް: 12،912

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 1.3 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖެ އައި 1.2 މިލިއަން ޓޫރިސްޓުންނަށްވުރެ، 129،127 ޓޫރިސްޓުން އިތުރު އަދަދެކެވެ.

މިދިޔަ މަހު އެވަރެޖްކޮށް 7.8 ރޭ ޓޫރިސްޓުން ހޭދަކޮށްފައިވާއިރު، 62,756 އެނދު ހިދުމަތަށް ނެރެފައިވެ އެވެ.