16ރ. އަށް މަސްކިރަނީ ގެއްލުމުގައި، މިއީ ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން: މިފްކޯ

3 ސެޕްޓެންބަރު 2024 - 05:56 3

މުހައްމަދު ޝަހްޒާން

މ

މިފްކޯގެ މަސް ބޯޓަކަށް މަސް ކިރަނީ: މިފްކޯއަށް މަސް ގަންނަ އަގު ދަށްކުރީ މިދިޔަ ޖޫން މަހުގެ ފަހުކޮށް -- ފޮޓޯ: އަދަދު


16ރ. އަށް މަސްކިރަނީ ގެއްލުމުގައި، މިއީ ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން: މިފްކޯ

3 ސެޕްޓެންބަރު 2024 - 05:56 3

މިފްކޯއިން 16ރ. އަށް މަސް ކިރަމުން ދަނީ ގެއްލުމުގައި ކަމަށާއި އެކަމަކީ ސަރުކާރުގެ ސަބްސިޑީ އާ ނުލައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯއިން މީޑިއާތަކަށް އިއްޔެ ފޮނުވި ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެ ނަމަ މަސް ކިލޯއެއް ގަންނަ އަގު ދަށް ކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މަސް ގަންނަ އަގަށް ބަދަލެއް ގެނައުމަކީ ވެސް ދެމެހެއްޓެވިވި ކަމަކަށް ނުވާނެ ކަމަށް މިފްކޯއިން ބުންޏެވެ.

މަސް ކިރާ އަގަށް ބަދަލު ގެނައި ދުވަސްވަރަކީ މަސްވެރިކަން ވަރަށް ދަށް ދުވަސްވަރަކަށްވެފައި އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްވައިވީ ނަމަވެސް މިފްކޯއިން މަސައްކަތް ކޮށްފައި ވާނީ މަހުގެ އަގު 16ރ. އަށްވުރެ ދަށް ނުކޮށް ވޭތޯ ކަމަށް މިފްކޯއިން ބުންޏެވެ. ނަމަވެސް 16ރ. އަށް މަސް ކިރުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް މިފްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިފްކޯއިން ބުނީ މީގެ ކުރިން 16ރ. އަށް މަސް ކިރަމުންދިޔަ އިރުވެސް އެ ކުންފުންޏަށް ސަރުކާރުން 20 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އަދަދެއް ސަބްސިޑީގެ ގޮތުގައި ދެމުންދިޔަ ކަމަށެވެ. އަދި، މިހާރުވެސް މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވާ ކަމަށް މިފްކޯއިން ބުންޏެވެ.

"މީގެ ކުރިން ވެސް އެވަރެޖުކޮށް 16ރ. ގެ ރޭޓުން މިފްކޯއިން މަސް ގަންނަމުން ދިޔައިރުވެސް ސަރުކާރުން މަހެއްގެ މައްޗަށްް 20 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އަދަދެއް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދިޔައީ ދެމުންނެވެ. އަދި، މިހާރު ވެސް މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކުންފުންޏަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވެ އެވެ. އެހެންކަމުން ސަރުކާރުގެ ކޭޝް ފްލޯއަށް ދިމާވެފައިވާ ދަތިކަމާއި މަސްވެރިކަން ހީނަރުވުމުގެ ސަބަބުން ކުންފުނީގެ ކޭޝް ފްލޯއަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލަމުންނެވެ." މިފްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިފްކޯއިން ބުނީ މި އަހަރަކީ މުޅި ތާރީހުގައި ވެސް މަސްވެރިކަން އެންމެ ދަށަށް ދިޔަ އަހަރު ކަމަށެވެ. އެގޮތުން މި އަހަރުގެ މިހައިތަނަށް މިފްކޯއަށް ކިރުނީ 26،000 ޓަނުގެ މަސް ކަމަށެވެ. ކޮންމެ އަހަރަކު އެވަރެޖުކޮށް މިފްކޯއަށް 67،000 ޓަނުގެ މަސް ކިރާ ކަމަށާއި މިދިޔަ އަހަރު އެކަނިވެސް މިފްކޯއަށް 72،000 ޓަނުގެ މަސް ކިރި ކަމަށް މިފްކޯއިން ބުންޏެވެ.

"އަމިއްލަ ބައެއް ފެކްޓަރީތަކުން އެ ފަރާތްތަކުގެ ޕްރޮސެސިންއަށް ބޭނުންވާ މިންވަރުގެ އަދަދަކުން މިފްކޯއަށް ވުރެ ބޮޑު ރޭޓެއްގައި މި ދަނޑިވަޅުގައި މަސްވެރިން އަތުން މަސް ގަންނަމުންދިޔަ ނަމަވެސް، މިފްކޯއަކީ ގަންނަ އަގުގެ 80 އިންސައްތަ ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރާ ކުންފުންޏެކެވެ، އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރޯމަހުގެ އަގު ދަށްވަމުންދާ ދަނޑިވަޅެއްގައި މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަކީ ދެމެހެއްޓެނިވި ބަދަލަކަށް ނުވާނެ އެވެ." މިފްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިފްކޯއިން ދަނީ މަސްވެރިން މަހަށް ފުރަން ހިތްވަރު ދިނުމުގެ ގޮތުން ތެލާއި އައިސް ވެސް ދޫކުރަމުންނެވެ. ނަމަވެސް މަސްވެރިކަން ދަށްވުމުގެ އިތުރަށް މިފްކޯއިން މަސް ގަންނަ އަގު ދަށް ކުރުމާ ގުޅިގެން މަސްވެރިކަން ކުރަން ކަނޑަށް ނުކުންނަ މަސްވެރިންގެ އަދަދު ވެސް ވަނީ އިންތިހާއަށް މަދުވެފަ އެވެ.

މިފްކޯއަށް މަސް ގަންނަ އަގު ދަށް ކުރީ ޖޫން، 30 ގަ އެވެ.

33.33%

0.00%

0.00%

66.67%

މި ލިޔުން ކިޔާލުމުން


އާދަމް

7 months ago

މަސްވެރިން ބާކީކޮށްލާ ބަޔަކު މަސްވެރިކަން ކުރިއަރުވަން މަސައްކަތެއް ނުކުރާނެ. ތަރައްޤީއަކީ ވިހި 25 ބުރީގެ ޢިމާރާތްތަކާއި ބުރިޖުތައް އެޅުންކަމަށް އެބައިމީހުން ދެކޭނީ. ބިން ޢިމާރާތްކޮށް ތަޢުމީރުކުރަން އިންސާނުން ބިމުގައި ލެއްވި ކަމަށް ޤުރުއާނުގައި އެންގެވި ބަސްފުޅުގެ މުރާދަކީ ﷲ ގެ ޝަރީޢަތް ތަންފީޒުކޮށް އެކަލާނގެ އަމުރު ބިމުގައި ތަންފީޒުކުރުން.

އިބްރާހިމް އިކްރާމް

7 months ago

މަހުގެ އަގު މިއަދު ދުނިޔޭގެ ބާޒާރުގައި ހުރީ 1830 ޔުއެސް ޑޮލަރ ޓަނަކަށް. ވީމާ ތިވާހަކަ ގަބޫލް ކުރަން ދަތި. މިފްކޯގައި ސިޔާސީ ސަބަބުތަކައްޓަކައި ވައްދާފަ ތިބި އެތައްސަތޭކަ މީހުންގެ އުޖޫރައާ އެހެނިހެން ބޭކާރު ޚަރަދުތައް މަސްވެރިންގެ ބޮލުގައި އަޅަން ޖެހުމުން ވާގޮތްކަމަށް ގަބޫލް ކުރެވެނީ

އަސްލު......

7 months ago

ނުވާނެ މިސަރުކާރަށް އެއްވެސްކަމެއް، މިސަރުކާރު އައުމުގެކުރިން މަސްގަތީކިހާވަރަކަށް މަސްއަގުބޮޑިކޮށް ގަންނަންފެށުމުން ކުރީސަރުކާރު ބަދަލުކޮށްލީ،.........