Advertisement

ރައީސްގެ އަރިހުން ކަންނެލި މަސްވެރިން އެދުނީ މަސް ވިއްކޭނެ އެންމެ ދަށް އަގެއް ކަނޑައަޅައިދޭން

2 ސެޕްޓެންބަރު 2024 - 14:33 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނާ އެއްކޮށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ އަރިހުން ކަންނެލި މަސްވެރިން އެދުނީ މަސް ވިއްކޭނެ އެންމެ ދަށް އަގެއް ކަނޑައަޅައިދޭން

2 ސެޕްޓެންބަރު 2024 - 14:33 0

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާ މިއަދު ބައްދަލުކޮށް މަސް ވިއްކޭނެ އެންމެ ދަށް އަގެއް ސަރުކާރުން ކަނޑައަޅައިދޭން އެދިއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ރައީސް މުއިއްޒުގެ އިތުރުން ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް އަދި އެ މިނިސްޓަރީގެ ކަމާ ގުޅޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ މެންބަރުން ވަނީ މަސްވެެރިކަމުން ލިބޭ އާމްދަނީ ކުޑަވުމާއި މަސްވެރިކަމުގެ ސިނާއަތަށް ވަންނަ ފަރާތްތައް މަދުވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ރައީސް އާ ހިއްސާ ކޮށްފަ އެވެ.

އޭގެއިތުރުން މަސްވެރިން އެދުނީ ކަންނެލި ވިއްކޭނެ އެންމެ ދަށް އަގެއް ކަނޑައަޅައި ދިނުމަށާއި ބޮޑު ކަންނެލި މަސްވެރިކަމަށް ހާއްސަ ބޮއި އަޅައި ދިނުމުގެ އިތުރުން އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރި ކޮށްދިނުމަށެވެ.

އަދި، މަސް ކިރުމުގައި ހުރި ދަތިތަކާއި މަސް ދޯނިފަހަރު އޮންނަ ސަރަހައްދު ބެލުމަށް ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫތަކުގެ އިތުރުން ދޯނިތަކަށް ހޯދަންޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ދަތިތަކަށް ވެސް ހައްލު ހޯދައިދިނުމަށް ރައީސްގެ އަރިހުން ކަންނެލި މަސްވެެރިން އެދުނެވެ.

އެ ބައްދަލުވުމުގައި މަސްވެރިންގެ ފަރާތުން ފާހަގަ ކުރި ކަންކަމަށް ހައްލު ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި މަސްވެރިން ވަނީ ބޮޑުކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމި ނިންމުން ބަދަލު ކުރުމުން އެކަމަށް މަރުހަބާ ދަންނަވައިފަ އެވެ. މަސްވެރިން ބުނެފައި ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނައިފައި ހުރި ކަންކަން ފުއްދައިފި ނަމަ މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.