Advertisement

ދޫނިދޫއިން އަތުހަރު މާލެ ގެނެސް އެމްބިއުލާންސަށް އެރުވީ ތިން މިނެޓުން: ފުލުހުން

2 ސެޕްޓެންބަރު 2024 - 12:42 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވަޅިން ބިރު ދައްކައި އަތުހަރު އަންހެނަކު ރަހީނު ކުރުމުން އޭނާ ހައްޔަރުކުރަން ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިން އިރުގެ ފޮޓޯއެއް. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން އާދިއްތަ ދުވަހުގެ ރޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި. --- ފޮޓޯ; އަދަދު ފައިލް


ދޫނިދޫއިން އަތުހަރު މާލެ ގެނެސް އެމްބިއުލާންސަށް އެރުވީ ތިން މިނެޓުން: ފުލުހުން

2 ސެޕްޓެންބަރު 2024 - 12:42 3

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އިތުރު ފަރުވާއަށް އޭނާ ދޫނިދޫއިން މާލެ ގެނެސް އެމްބިއުލާންސަށް އެރުވުމަށް ހޭދަވީ އެންމެ ތިން މިނެޓު ކަމަށް ކަން ހިނގައިދިޔަ ގޮތް ބަޔާންކުރުމަށް ފުލުހުން އާންމުކުރި ޓައިމްލައިނުން ދައްކައިފި އެވެ.

އެ ޓައިމްލައިނުގައި ބުނެފައި ވަނީ އަތުހަރު ދަންޖެހިފައި ހުރި މަންޒަރު ފެނުނު ވަގުތުން ފެށިގެން އައިޖީއެމް ހޮސްޕިޓަލާ ހަމައަށް އަތުހަރު ގެންދިޔުމާ ދެމެދު ހޭދަވީ ޖުމުލަ 23 މިނެޓު ކަމަށެވެ.

އެ ތަފުސީލުގައި ފުލުހުން ބުނެފައި ވަނީ ދޫނިދޫއިން މާލެއަށް އަތުހަރު އެންމެ ތިން މިނެޓުން ގެނެސް އެމްބިއުލާންސަށް އެރުވި ކަމަށެވެ.

ފުލުހުން އާންމު ކުރި ޓައިމްލައިން


އަތުހަރު ދަންޖެހިފައި ހުރި މަންޒަރު ފެނުމާ ހަމައިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުނާ ޓައިމްލައިން:

19:02: ޖަލު ކެމެރާ މޮނިޓާ ކުރަމުން ދަނިކޮށް ދަން ޖެހިފައިވާ މަންޒަރު ފެނުން

19:02: ޖަލު ގޮޅި ހުޅުވައި، އާދަމް އަތުހަރު ތިރީގައި ބޭއްވުން

19:05: އާދަމް އަތުހަރު ސްޓްރެޗާއަށް ލައިގެން ގޮޅިން ނެރުން

19:06: ދޫނިދޫ ކުލިނިކަށް ގެންދިޔުން އަދި ޑޮކްޓަރު އާދަމް އަތުހަރު ހާލަތު ބެލުން

19:14: އާދަމް އަތުހަރު އެމާޖެންސީގައި ލޯންޗުގައި މާލެ ގެންދިޔުން

19:17: އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔުމަށް އެމްބިއުލާންސަށް އެރުވުން

19:25: އައިޖީއެމް ހޮސްޕިޓަލުގެ އެމާޖެންސީއަށް ގެންދިޔުން

އަތުހަރު ދަންޖެހި މަރުވާން މަސައްކަތް ކުރުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އަތުހަރު ވެންޓިލޭޓަރުގައި މިހާރު އޮތްއިރު، އޭނާގެ އާއިލާއިން ވަނީ އެކަށީގެންވާ ވަރަށް ފުލުހުން މައުލޫމާތު ހިއްސާ ނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި ރަހީނު ކުރުމުގެ ހާދިސާގައި ރަހީނު ކޮށްފައި ހުރި ކުއްޖާ ސަލާމަތް ކުރުމުގެ ތެރޭގައި އަތުހަރަށް ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށްފަހު ހުކުރު ދުވަހު ހެނދުނު އަތުހަރު އައިޖީއެމްއެޗް ހޮސްޕިޓަލުން ކަސްޓޯޑިއަލަށް އޭނާ ގެންދިޔަ އެވެ. ނަމަވެސް, އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓުކުރީ ހަމަ އެ ދުވަހު ހަވީރު އެވެ.

އެއަށްފަހު އަތުހަރުއަށް އިތުރު ފަރުވާ ދިނުމަށްފަހު އަނބުރާ ކަސްޓޯޑިއަލްއަށް ގެންދިޔައީ ހޮނިހިރު ދުވަހު އެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށް، ދޫނިދޫއަށް ގެންގޮސްފައި ވަނީ ވެސް ހަމަ އެދުވަހު އެވެ.