Advertisement

މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރަށް އިރުޝާދު ދެމުންދާ ކަމަށް އަދީބު ވިދާޅުވެއްޖެ

2 ސެޕްޓެންބަރު 2024 - 11:46 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ނައިބު ރައީސް އަދީބު: އޭނާ ވިދާޅުވީ މާލީ ހާލަތާ ގުޅޭގޮތުން ރައީސް މުއިއްޒުއާއި ވަޒީރުންނަށް މިދަނީ އިރުޝާދު ދެމުން ކަމަށް --- ފޮޓޯ: އަދަދު


މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރަށް އިރުޝާދު ދެމުންދާ ކަމަށް އަދީބު ވިދާޅުވެއްޖެ

2 ސެޕްޓެންބަރު 2024 - 11:46 1

ރާއްޖޭގެ އިގުތިސޯދު ރަނގަޅު ނަމަވެސް ދައުލަތުގެ މާލީ ހާލަތު ގޯސްވެފައިވާތީ އެކަން ރަނގަޅު ކުރުމަށް ސަރުކާރަށް އިރުޝާދު ދެމުންދާ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޭންކު ބީއެމްއެލް އިން އިދިކޮޅާ ގުޅިގެން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ސަރުކާރުން ބުނެ ފުލުހުން މިދިޔަ ހަފުތާ ވަނީ ތަހުގީގެއް ފަށާފަ އެވެ. މާލީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ އެންޑީޓީވީ އާ ވާހަކަ ދައްކަވަމުން އަދީބު ވަނީ ރައީސް މުއިއްޒު އަދި ގިނަ ވަޒީރުންނަކީ މީގެ ކުރިން އެކުގައި މަސައްކަތް ކުރި ބޭފުޅުންކަން ފާހަގަކޮށްފަ އެވެ.

"އަޅުގަނޑު މިދަނީ އިރުޝާދު ދެމުން. ރާއްޖެ އަށް ކުރިމަތިވެފައިވާ މާލީ ކާރިސާ ދެނެގަންނަން. މި ހާލަތުން އަރައިގަތުމަށް އެއްބައިވަންތަވުމަށް ރައީސް އެބަ ޖެހޭ ގޮވާލައްވަން. އެންމެ ފުރަތަމަ ހާލަތު ގަބޫލުކުރަން ޖެހޭ އެއަށް ފަހު އެއަށް ހައްލެއް ހޯދަންވީ،" އޭނާ ވިދާޅުވި އެވެ.

މި ކާރިސާއިން ރާއްޖެއަށް އަދިވެސް އަރައިގަނެވޭނެ ކަމަށާއި ވަގުތު ފާއިތުނުވާ ކަމަށްވެސް، އޭނާ ވިދާޅުވި އެވެ. ނަމަވެސް, ބީއެމްއެލް އިން ކުރަން އުޅުނީ މާލީ ބަގާވާތެއްތޯ އެހުމުން އޭނާ ވަނީ އެކަމުގައި ސިޔާސީ ކަންކަން އެކުލެވޭތީ ކޮމެންޓު ކުރަން ބޭނުން ބޭނުންނުވާ ކަމަށެވެ.

ބީއެމްއެލް މެދުވެރިކޮށް ބަގާވާތަކުން ސަރުކާރުން ވައްޓާލަން އުޅުނު މައްސަލައެއް ތަހުގީގު ކުރަމުންދާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ 9:04 ގަ އެވެ.

ފުލުހުން ބުނަނީ ބީއެމްއެލްއިން ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން ދިޔަ ޑޮލަރު ސަޕޯޓު ކަނޑާލުމަށްފަހު، އިދިކޮޅުން އިގްތިސާދީ ހާލަތް ކިޔައިދޭން ޕްރެސް ކޮންފެރެންސެއް ބޭއްވުމަށްފަހު، ފޭކު އެކައުންޓުތަކެއް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށް ގޮވާލާފައިވާ ކަމަށެވެ.

އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިޔާ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އޭނާ މިނިވަންކުރީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އެވެ.

އޭގެ ފަހުން މި ސަރުކާރުންވެސް އަދިބާއެކު ގާތް ގުޅުމެއް ބާއްވަމުން ދާކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރެ އެވެ. ރައީސް މުއިއްޒުއާއި އަދީބު ބައްދަލުކުރެއްވި ކަމަށްވެސް ވާހަކަ ދެކެވިފައިވެ އެވެ. ނަމަވެސް, އެމަނިކުފާނު ވަނީ އެކަން ދޮގުކުރައްވާފަ އެވެ.