Advertisement

އަތުހަރު އޮތީ ވެންޓިލޭޓަރުގައި، އެޗްއާރުސީއެމް އާއި އިންޓަގްރިޓީ ކޮމިޝަނުން ތަހުގީގު ފަށައިފި

1 ސެޕްޓެންބަރު 2024 - 17:16 3

ސާއިފް ޝިޔާދު

ސ

Advertisement

މިރޭ އައިޖީއެމްއެޗުގައި އަތުހަރު ޑޮކްޓަރުން ގެންދަނީ. އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި


އަތުހަރު އޮތީ ވެންޓިލޭޓަރުގައި، އެޗްއާރުސީއެމް އާއި އިންޓަގްރިޓީ ކޮމިޝަނުން ތަހުގީގު ފަށައިފި

1 ސެޕްޓެންބަރު 2024 - 17:16 3

Advertisement

Advertisement

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށް ހޮސްޕިޓަލުގައި މިރޭ ފަރުވާ ދޭން ފަށާފައިވާއިރު އޭނާ މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

އަތުހަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާކަން ފުލުހުން ހާމަކުރީ 19:42 ގަ އެވެ. މިރޭ 21:57 ގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވަނީ އަތުހަރު މިވަގުތު އޮތީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަން ހާމަކުރައްވާފަ އެވެ.

Advertisement

"ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން މިވަގުތު ތިބީ ދޫނިދޫ ކަސްޓޯޑިއަލްގައި އަދި މި ހާދިސާއާ ގުޅޭ ތަހުގީގު ވަނީ ފަށާފައި," ޝިފާން ގެ މެސެޖުގައިވެ އެވެ.

އަތުހަރަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗު ހޮސްޕިޓަލުގަ އެވެ. އެ ތަނުގައި މިވަގުތު ތިބި "އަދަދު" ނޫހުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން އަތުހަރުގެ އާއިލާއިން ވަނީ އެކަށީގެންވާ ވަރަށް ފުލުހުން މައުލޫމާތު ހިއްސާނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭނާގެ ހާލަތު ގޯސް ކަމަށް ބުނެ މީގެކުރިން ވެސް ފުލުހުންގެ ކައިރީގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "އަދަދު" އަށް ބުންޏެވެ. އަދި, އެކި ގޮތްގޮތަށް ފުލުހުން މައުލޫމާތު ދެމުންދާތީ ވެސް އާއިލާގެ ކަންބޮޑުވުން އެބަހުއްޓެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ރޭ ހިނގި ރަހީނު ކުރުމުގެ ހާދިސާއާ ގުޅިގެން އަތުހަރު ހުކުރު ދުވަހު ހެނދުނު އަތުހަރު އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ކަސްޓޯޑިއަލްއަށް ގެންދިޔަ އެވެ. ނަމަވެސް, އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓުކުރީ ހަމަ އެ ދުވަހު ހަވީރު އެވެ.

އެއަށްފަހު އަތުހަރުއަށް އިތުރު ފަރުވާ ދިނުމަށްފަހު އަނބުރާ ކަސްޓޯޑިއަލްއަށް ގެންދިޔައީ އިއްޔެ އެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށް، ދޫނިދޫއަށް ގެންގޮސްފައި ވަނީ ވެސް އިއްޔެ އެވެ.

އަތުހަރުގެ އާއިލާއިން އޭނާގެ ހާލު ރަނގަޅަށް ކިޔައި ނުދީ، މުޅިން ރަނގަޅު ނުވަނީސް ކަސްޓޯޑިއަލްއަށް ގެންދިޔުމުން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަލިބެ..

7 months ago

ވެރިމީހާ ތެދެއްނަހަދާއިރު ފުލުހުން ތެދެއްހަދާނެ ކަމަށް ޤަބޫލުކުރާނީ މޮޔައަކު!

އަލީ

7 months ago

އަތުހަރަށް ވިޔަސް އޭނާއަށް ދޭން ހައްގު ފަރުވާ ދޭންޖެހޭނެ. އެކަމަކު ސުވާލަކީ އޭނާގެ ސަބަބުން ގެއްލުންވި އަދި ގެއްލުންވާ އެހެންމީހުންގެ ހައްގު ކޮބައިތޯ. އަދި އަތުހަރަށް ދެންޖެހޭ ހައްގު އަދަބު ކޮބައިތޯ؟ އަތުހަރުގެ ޢާއިލާގެ ކަންބޮޑުވުން އޮތީ މިހާރު އެކަނިތޯ. އެހެން ޢާއިލާއެއްގެ އަންހެންކުއްޖެއް ރަހީނުކުރިއިރު ކޮބައިތޯ އަތުހަރުގެ ޢާއިލާގެ ކަންބޮޑުވުން؟

ސަނައްޓޭ

7 months ago

އާ ދެން އާއިލާވެސް އޮންނާނެ. މިއޮތްހާ ދުވަހު ތި އާއިލާއެއް ވީ ތަނެއްވެސް ނޭނގޭ