Advertisement

މާލީ ބަގާވާތުގެ ތަހުގީގު: މިހާތަނަށް ޕާސްޕޯޓެއް ނުހިފަހައްޓާ، މީހަކާ ސުވާލެއް ވެސް ނުކުރޭ!

1 ސެޕްޓެންބަރު 2024 - 10:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު: މިހާތަނަށް ޕާސްޕޯޓެއް ނުހިފަހައްޓާ، މީހަކު ހައްޔަރެއް ނުކުރާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: ޕޮލިސް


މާލީ ބަގާވާތުގެ ތަހުގީގު: މިހާތަނަށް ޕާސްޕޯޓެއް ނުހިފަހައްޓާ، މީހަކާ ސުވާލެއް ވެސް ނުކުރޭ!

1 ސެޕްޓެންބަރު 2024 - 10:52 0

ބޭންކް އޮފް މޯލްޑިވްސް އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ހިންގަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކުރާ ބަގާވާތާ ގުޅިގެން އެއްވެސް މީހެއްގެ ޕާސްޕޯޓެއް ނުހިފަހައްޓާ ކަމަށާއި މިހާތަނަށް މީހަކާ ސުވާލު ވެސް ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

"މިވަގުތު އެކަމާ ގުޅިގެން އެއްވެސް އަޕްޓޭޑެއް ނެތް. ތަހުގީގު ކުރަމުންދަނީ. ޕާސްޕޯޓެއް ވެސް ނުހިފަހައްޓާ. މީހަކު ހައްޔަރެއް ވެސް ނުކުރޭ އަދި ބޮޓް އެކައުންޓެއް ވެސް އައިޑެންޓިފައި ކުރެވިފައިވާ ކަމެއް [ހެޑް އޮފީހުން] ހާމައެއް ނުކުރޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުންޏެވެ.

ބީއެމްއެލް މެދުވެރިކޮށް ބަގާވާތަކުން ސަރުކާރުން ވައްޓާލަން އުޅުނު މައްސަލައެއް ތަހުގީގު ކުރަމުންދާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ 9:04 ގަ އެވެ.

ދިވެހި ސަރުކާރު ވައްޓާލަން އުޅުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓްމަކް ވަނީ ދިވެހިރާއްޖެ ދޫކޯށް، ޑުބާއީއަށް ފުރައިފަ އެވެ.

ފުލުހުން ބުނަނީ ބީއެމްއެލްއިން ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން ދިޔަ ޑޮލަރު ސަޕޯޓު ކަނޑާލުމަށްފަހު، އިދިކޮޅުން އިގްތިސާދީ ހާލަތް ކިޔައިދޭން ޕްރެސް ކޮންފެރެންސެއް ބޭއްވުމަށްފަހު، ފޭކު އެކައުންޓުތަކެއް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށް ގޮވާލާފައިވާ ކަމަށެވެ.

ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން އައި 250 ޑޮލަރުގެ ސަޕޯޓު ކަނޑާލުމުގެ އިތުރުން ކްރެޑިޓް ކާޑުގެ ޑޮލަރުގެ ލިމިޓު ވެސް 100 ޑޮލަރަށް ބީއެމްއެލް އިން ތިރި ކުރި އެވެ. ނަމަވެސް ބޭންކުގެ ރެގިއުލޭޓަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަންގައިގެން ހަމަ އެ ދުވަހު އެ ނިންމުން ވަނީ ބާތިލުކޮށްފަ އެވެ.