Advertisement

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ދިއްލީގެ ޗީފް މިނިސްޓަރު އިސްތިއުފާ ދެއްވަނީ

16 ސެޕްޓެންބަރު 2024 - 06:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިއްލީ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް: ޗީފް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން އޭނާ ވަނީ ނިންމަވާފައި -- ފޮޓޯ: ދަ ޓެލެގްރާފް އިންޑިއާ


ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ދިއްލީގެ ޗީފް މިނިސްޓަރު އިސްތިއުފާ ދެއްވަނީ

16 ސެޕްޓެންބަރު 2024 - 06:38 0

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އިންޑިއާގެ ދިއްލީ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ކަފާލާތުގެ ދަށުން މިނިވަންކުރިތާ ދުވަސްތަކެއް ފަހުން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ކެޖްރިވާލް ވިދާޅުވީ ދިއްލީގެ ޗީފް މިނިސްޓަރުކަމުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެގޮތަށް ނިންމެވީ ވަރަށް ވިސްނުމަށްފަހު ކަމަށެވެ.

"އަހަރެން ޗީފް މިނިސްޓަރުގެ ގޮނޑީގައި އިށީންނާނީ ހަމައެކަނި ރައްޔިތުންގެ އިތުބާރު އޮތްނަމަ. އެ އިތުބާރާއެކު ދެން ގޮނޑީގައި އިށީންނާނީ،" ކެޖްރިވާލް ވިދާޅުވި އެވެ.

އިންޑިއާގެ އިދިކޮޅު ލީޑަރުންގެ ތެރޭގައި ހިމެނޭ ކެޖްރިވާލް ވަނީ ދިއްލީގެ އިންތިހާބު އަންނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވުމަށް ވެސް ގޮވާލައިފަ އެވެ.

ކެޖްރިވާލް ކަފާލާތުގެ ދަށުން ދޫކޮށްލީ ކޯޓަށް އެއް މިލިއަން އިންޑިއާ ރުޕީސް ދެއްކުމުގެ އިތުރުން އޭނާގެ މައްޗަށް ހުރި ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ނުދެއްކުމަށް ޝަރުތު ކުރުމަށްފަހު އެވެ.

ޗީފް މިނިސްޓަރުގެ މަގާމުން ކެޖްރިވާލް އިސްތިއުފާ ދެއްވުމާއެކު، އެ މަގާމާ ދެން ހަވާލުވާނެ މީހަކު ނިންމާނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ މަޝްވަރާއަށްފަހު އެވެ.

ކެޖްރިވާލް ހައްޔަރުކުރީ ދިއްލީގެ ލިކާ ޕޮލިސީއާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުގަ އެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ކުރަނީ ސިޔާސީ ގޮތުން ކުރާ ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ.