Advertisement

އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިޔުމަކީ ނުރައްކަލެއް: އަމްރު

28 އޮގަސްޓު 2024 - 22:00 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުސެއިން އަމްރު: އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިޔުމަކީ ނުރައްކަލެއް ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިޔުމަކީ ނުރައްކަލެއް: އަމްރު

28 އޮގަސްޓު 2024 - 22:00 1

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށަށް ފެނަކަ ކޯޕަރޭޝަން ގެންދިޔުމަކީ ނުރައްކަލެއް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެނަކައިން މުސާރަ ނުދެވޭ ހާލަތުގައި އޮއްވާ، އެސްޓީއޯ ދަށަށް ގެންދިޔުމަކީ ނުރައްކަލެއް ކަމަށެވެ.

"ވަޒީރު އެ ވިދާޅުވާ ހަދާނެ ގޮތް ހުސްވެފައި ތިބި ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ ހިމެނޭ. ފެނަކައިން މުސާރަ ނުދެވޭ ހާލަތުގައި އޮއްވާ އެސްޓީއޯ ދަށަށް ގެންދިޔުމަކީ ނުރައްކަލެއް،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަށް ރައްދު ދެއްވައި އަމްރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވީ ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ އޮތްއިރު، އެ ކުންފުނިތައް ތިބީ ހަދާނެ ގޮތް ހުސްވެފައި ކަމަށެވެ.

ސައީދުގެ ވާހަކަތަކަށް ރައްދު ދެއްވައި އަމްރު ވިދާޅުވީ އެ 3.2 ބިލިއަން ރުފިޔާގެ ތެރެއިން 2.2 ބިލިއަން ރުފިޔާއަކީ ފެނަކައިން އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

މި އަހަރު ނިމުމުގެ ކުރިން އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރަން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސް މުއިއްޒު ނިންމެވީ ފެނަކައިގެ ސައްތައިން ސައްތަ ހިއްސާ އެސްޓީއޯއިން ގަތުމަށެވެ.

އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ފިނޭންސް މިނިސްޓްރީ އާއި ފެނަކަ ގުޅިގެން ޕްލޭނެއް އެކުލަވާލުމަށް އެސްޓީއޯގެ ބޯޑުން މިހާރު ވަނީ ނިންމާފަ އެވެ.