Advertisement

ޓްރީޓޮޕް ހޮސްޕިޓަލުން ގދ. ތިނަދޫގައި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް މި މަހު ބާއްވަނީ

28 އޮގަސްޓު 2024 - 19:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓްރީޓޮޕް ހޮސްޕިޓަލުން ގއ. އަތޮޅުގައި ކުރިއަށްގެންދިޔަ ކޭމްޕުގެ ތެރެއިން -- ފޮޓޯ: ޓްރީޓޮޕް


ޓްރީޓޮޕް ހޮސްޕިޓަލުން ގދ. ތިނަދޫގައި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް މި މަހު ބާއްވަނީ

28 އޮގަސްޓު 2024 - 19:11 0

ޓްރީޓޮޕް ހޮސްޕިޓަލުން ގދ. ތިނަދޫގައި މަލްޓި-ސްޕެޝަލްޓީ ހެލްތު ކޭމްޕެއް މި މަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޑރ. އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދާ އެ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު

"މި ކޭމްޕްގައި ތަޖުރިބާކާރު ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިވެގެންދާނެ،" ޓްރީޓޮޕުން ބުންޏެވެ.

އެ ކޭމްޕުގައި ކަށީގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމްގެ މައްސަލަތަކާއި، ހުޅުހުޅުގައި ރިއްސުމާއި، ހިތުގެ ބަލިތަކާއި، ގޮހޮރުގެ ބަލިތަކާއި ވައިހެދުމުގެ މައްސަލަތަކުގެ އިތުރުން އަންހެނުންގެ ހާއްސަ ބަލިތަކަށް ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމްތައް ބައިވެރިވާނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.

މި ކޭމްޕްތަކުގައި ޑޮކްޓަރަށް ދެއްކުމަށްޓަކައި ބަލިމީހުންގެ އަތުން އެއްވެސް ހަރަދެއް ނުހިނގާ އެވެ.

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑރ. ސްރިވަޓްސަން ސްރިދާރް ޖީ، ފާހަގަކުރެއްވި ގޮތުގައި، މި ހަރަކާތުގެ ސަބަބުން މާލެއަށް ދަތުރުކުރުމަށް ހޭދަވާ ވަގުތާއި ހަރަދު ސަލާމަތްވެ، ލުއިފަސޭހަކަމާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

"މި ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑަކްޓަރުންނާއި ޑރ. އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ޓެކްނިކަލް ލެވެލްގައި މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިޔަށްގެންދެވޭނެ،" ޑރ. ސްރިވަޓްސަން ވިދާޅުވި އެވެ.

މިފަހަރުގެ ކޭމްޕަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ އަންހެނުންގެ ކޮމިޓީއަށް ޓްރީޓޮޕުން ޝުކުރު އަދާކުރި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްއިން މިފަދަ ހޭލުންތެރިކުރުމުގެ ސިއްހީ ކޭމްޕްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދެ އެވެ. އެގޮތުން މިދިޔަ ޖުލައި މަހު ގއ. ވިލިނގިލީގައި ބޭއްވި ކޭމްޕުގައި 317 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

އޭގެ އިތުރުން ގއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މާމެންދޫ، ކޮލަމާފުށި، ގެމަނަފުށި، ދާންދޫ، ކޮނޑޭ، ނިލަންދޫ އަދި ކަނޑުހުޅުދޫއިން ވެސް އެ ކޭމްޕްގައި ބައިވެރިވި އެވެ.

ޓްރީޓޮޕުން މިފަދަ ކޭމްޕްތައް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އަދި މުޖުތަމައުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ދަތުރުގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމް:

  • ޑރ. މުހައްމަދު ހަބީބް - ކޮންސަލްޓަންޓް ކަށީގެ ހާއްސަ ބަލިތަކާއި ޓްރައުމާ ސާޖަރީ
  • ޑރ. އަލީ މުޒްނީ - ކޮންސަލްޓަންޓް ކަށީގެ ހާއްސަ ބަލިތަކާއި ސާޖަރީ
  • ޑރ. އަހްމަދު އާޒިމް އަބްދުލް ޝަކޫރް - ކަށީގެ ހާއްސަ ބަލިތަކާއި ސާޖަރީ ކޮންސަލްޓަންޓް
  • ޑރ. ރާޖޭޝް އަރްވިންދް ވާލަން - ކޮންސަލްޓަންޓް ކަރުން މަތީގެ ހާއްސަ ބަލިތައް
  • ޑރ. ޝިރްމީން މުހައްމަދު - ކޮންސަލްޓަންޓް އަންހެނުންގެ ހާއްސަ ބަލިތައް
  • ޑރ. މެހްމުތް އޮޑާ - ކޮންސަލްޓަންޓް ކުޑަކަމުދާ ނިޒާމުގެ ބަލިތައް
  • ޑރ. އަބްދުލް އަޒީޒް އަހްމަދު - ކޮންސަލްޓަންޓް ހިތުގެ ހާއްސަ ބަލިތައް
  • ޑރ. ޑިއެގޯ އެލެޖެންރޯ ބުލްޖެރިއޯނިއޯ - ކޮންސަލްޓަންޓް އެތެރެހަށީގެ ހާއްސަ ބަލިތައް

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ.

އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އެގޮތުން, އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަ ވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ދޭ އެކި ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅައިގެން ނުވަތަ އެ ހޮސްޕިޓަލުގެ މެއިލްއަށް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.