Advertisement

ކަރަންޓު ބޭނުން ކުރާ މިންވަރު ވަގުތުން އެނގޭ މީޓަރުތަކެއް ކުޑަހުވަދޫގައި ބަހައްޓައިފި

28 އޮގަސްޓު 2024 - 12:51 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ކުޑަހުވަދޫގައި ހަރުކޮށް ބޭނުންކުރަން ފަށައިފައިވާ ސްމާޓް މީޓަރުގެ ސާމްޕަލެއް--- ފޮޓޯ: ސޯޝަލް މީޑީއާ


ކަރަންޓު ބޭނުން ކުރާ މިންވަރު ވަގުތުން އެނގޭ މީޓަރުތަކެއް ކުޑަހުވަދޫގައި ބަހައްޓައިފި

28 އޮގަސްޓު 2024 - 12:51 0

ބޭނުން ކުރާ ކަރަންޓުގެ މިންވަރު ވަގުތުން އެނގޭނެ ސްމާޓް މީޓަރުތަކެއް ދ. ކުޑަހުވަދޫގައި ބޭނުން ކުރަން ފަށައިފި އެވެ.

ރާއްޖޭގެ ރަށެއްގައި ސްމާޓް މީޓަރެއް ބޭނުން ކުރަން މި ފެށީ އަލަށެވެ. ކުރިއަށް އޮތް ތަނުގައި އެހެން ރަށްރަށުގައި ވެސް ސްމާޓް މީޓަރު ބަހައްޓާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ކުޑަހުވަދޫގައި ބެހެއްޓި ސްމާޓް މީޓަރު އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވަނީ ސްމާޓު މީޓަރު އެޕްލިކޭޝަނެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް އަރާވަރު ވަގުތުން ބަލައިލެވޭނެ އެވެ. އަދި ގަޑިއިރެއްގެ ތެރޭގައި ވެސް ކަރަންޓު ހޭދަކުރާ މިންވަރު އެނގި ކަރަންޓު އިގުތިސާދު ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

ސްމާޓް މީޓަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ވެސް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެނަކަ އިން ނިންމާފައިވެ އެވެ. އެގޮތުން ހދ. އަތޮޅާއި ބ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ތ. އަތޮޅު އަދި ފުވައްމުލަކު ސިޓީގައި ސްމާޓް މީޓަރު ބަހައްޓަން ނިންމާފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.

މި މަސައްކަތަކީ ޗައިނާގެ ޑޮންގް ފަންކް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދިނީ ތިމާވެއްޓޭ ބެހޭ މިިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އޭގެ އިތުރުން ފެނަކަ ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދާއި އެރަށު ކައުނސިލުގެ ރައީސް އާއި ކައުންސިލް މެންބަރުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.