Advertisement

ޑޮލަރުތަކާއެކު އެއާޕޯޓުން ހިފެހެއްޓި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

27 އޮގަސްޓު 2024 - 11:23 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޑޮލަރުތަކާއެކު އެއާޕޯޓުން ހިފެހެއްޓި މީހާގެ ބަންދަށް 15 ދުވަސް ޖެހުން -- ފޮޓޯ: ފުލުހުން


ޑޮލަރުތަކާއެކު އެއާޕޯޓުން ހިފެހެއްޓި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

27 އޮގަސްޓު 2024 - 11:23 1

ގިނަ އަދަދެއްގެ ޑޮލަރުތަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓި ބަންގްލަދޭޝް މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފި އެވެ.

ފުލުހުން ބުނީ އާދީއްތަ ދުވަހު ޑޮލަރުތަކާއެކު އެއާޕޯޓުން ހިފެހެއްޓި ޝަހްމިން އިސްލާމް ޝަގުރް، 32 ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައި ކަމަށެވެ.

"އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

ކޯންފްލޭކްސް ފޮއްޓެއްގައި ފޮރުވައިގެން ޝަހްމިން ރާއްޖެއިން ބަންގްލަދޭޝްއަށް ބޭރުކުރަން އުޅުނީ 80,000 އަށްވުރެ ގިނަ ޑޮލަރެވެ. އޭނާ އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނެވެ.

ރާއްޖޭން ބޭރަށް 10,000 ޑޮލަރަށް ވުރެ ގިނައިން ގެންދާނަމަ ކަސްޓަމްސްއަށް ޑިކްލެއާ ކުރަން ޖެހެ އެވެ.