Advertisement

މާލީ ހިސާބުތައް އާއްމުނުކޮށް، އަނެއްކާ ވެސް ވަޒީރުގެ ބަހަނާ

26 އޮގަސްޓު 2024 - 05:05 1

މުހައްމަދު ނަސީމް

މ

Advertisement

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


މާލީ ހިސާބުތައް އާއްމުނުކޮށް، އަނެއްކާ ވެސް ވަޒީރުގެ ބަހަނާ

26 އޮގަސްޓު 2024 - 05:05 1

Advertisement

Advertisement

ޖޫން 20، އިން ފެށިގެން އާއްމުކުރުން ހުއްޓާލައިފައިވާ މާލީ ހިސާބުތައް އާއްމުކުރާނީ ކޮން އިރަކުންކަން ވިދާޅު ނުވެ، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބަހަނާ ދައްކަވައިފި އެވެ.

މަދު ހާލަތެއްގައި ލަސްވި ނަމަވެސް ކުރިން ގަވާއިދުން އާއްމުކުރަމުން އައި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް އެންމެ ފަހުން އާންމުކުރީ ޖޫން 20، ގަ އެވެ. އެ ހިސާބުތައް އާންމުކުރައްވާނީ ކޮން އިރަކުންތޯ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރު ޝަފީގު ސާފު ޖަވާބެއް ނުދެއްވަ އެވެ. ހިސާބުތައް އާއްމުކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީހެއް ވެސް މިނިސްޓަރު ނުދެއްވަ އެވެ.

Advertisement

އޭގެ ބަދަލުގައި އޭނާ ވިދާޅުވެދެއްވީ ރިޕޯޓް އެކުލަވައިލުމުގަައި ކުރާ ޓެކްނިކަލް މަސައްކަތްތަކެވެ. އެއީ އެކި އިދާރާތަކުން މައުލޫމާތު އެއްކޮށް، ސިސްޓަމެއްގެ ތެރެއިން ރިޕޯޓް އެކުލަވައިލުމެވެ.

"އަޅުގަނޑުމެން ބެލީ ހަމަސްވީމާ ރިކޮންސިލިއޭޝަން އެއް ހަދަން، އެއީ [މާލީ ރިޕޯޓްގައި ހުންނަ މައުލޫމާތަކީ] އެތައް ވުޒާރާއަކުން ގެންނަ ޑޭޓާތަކެއް. އެހެންވީމާ ހަމަސް ވީމާ އިންޕުޓް ޑޭޓާތައް އަޅުގަނޑުމެން އެބަ ޖެހޭ ވެރިފައިކުރަން. އިންޕުޓް ޑޭޓާތައް ރަނގަޅުވީމާ އައުޓްޕުޓް ޑޭޓާތައް ރަނގަޅުވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވަނީ އޭނާ ވިދާޅުވި ގޮތުގައި ހަމަ މައުލޫމާތުތަކެއް ދިނުމުގެ ބަދަލުގައި ރައްޔިތުންނަށް ރަނގަޅު މައުލޫމާތު ދޭށެވެ.

Advertisement

"ހަމަ އެކަނި ޑޭޓާތަކެއް ނޫން އެކި މީހުންނަށް އެކި ގޮތަށް އިންޓަޕްރެޓް ކުރެވޭ [ތަރުޖަމާކުރެވޭ] ގޮތަށް،" ޝަފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލީ ހިސާބުތައް ގަވައިދުން އާއްމުކުރަން ފަށާނީ މިހާރު އެކުލަވައިލާފައިވާ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓާއި ދަރަނީގެ ސްޓްރެޓެޖީ އާއްމުކުރުމަށް ފަހުގަ އެވެ. އެހެން ނަމަވެސް އެ ރިޕޯޓްތައް އާއްމުކުރާނެ އިރެއް ވިދާޅެއް ނުވެ އެވެ.

ކޮންމެ ހަފްތާއަކު ޝާއިއުކުރަމުންދިޔަ ދައުލަތުގެ މާލީ ހިސާބުތައް ދައްކުވައިދޭ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު އެންމެފަހުން ޝާއިއުކުރީ ޖޫން 20, ގަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަލިފު ސޯދު.

7 months ago

ކުރިން ކުރަމުން އައި ރައްޔިތުންނާއި ގުޅުން ހުރި ރަންގަޅު ކަންތައްތައް ހުއްޓާލުމަކީ ދެރަކަމެއް. ކުރިން ނެރެމުން އައި ރިޕޯރޓް ތަކުގެ ކޮން އަދަދު ތަކެއްތޯ ގޯހީ. ކޮން އެއްޗެއްތޯ ނުބައިކޮށް ހުރީ؟ އެއެއް ވިދާޅުނުވެ ބަހަނާ ދެއްކުމަކީ ދެރަކަމެއް.