ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ބައެއް ޓެކްސްތައް ޑޮލަރުން ދައްކަން ޖެހޭ ގޮތް ހަދަނީ

 ބަންޑާރަނައިބު އަހުމަދު އުޝާމް: ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުގެ ޓެކްސްތައް ޑޮލަރަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އޭޖީ އޮފީސް

ބަންޑާރަނައިބު އަހުމަދު އުޝާމް: ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުގެ ޓެކްސްތައް ޑޮލަރަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އޭޖީ އޮފީސް

ސަރުކާރުގެ ޑޮލަރު ރިޒާވް އިތުރު ކުރަން ބައެއް ގާނޫނުތައް އިސްލާހުކޮށް، ބައެއް ޓެކްސްތައް ޑޮލަރުން ދައްކަން ޖެހޭ ގޮތް ހަދަން ކެބިނެޓުން ނިންމައިފި އެވެ.

މިގޮތަށް ނިންމީ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްގެ ރުފިޔާ އެކައުންޓުތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތް މިއަދު ހެދުމާ އެކު އެވެ.

ކެބިނެޓު ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކޯޕަރޭޓް އިންކަމް ޓެކްސް އާއި، އިމްޕޯޓު ޓެކްސް ޑޮލަރުން ދައްކާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނާނެ ކަމަށާއި އަދި ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ޕެންޝަން ގާނޫނަށް ބަދަލު ގެންނާނެ ކަމަށެވެ.

"ކެބިނެޓުން އަޅުގަނޑުމެންނަށް މިއަދު ނިންމުނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކާއިރުގައި މިހާރު ބައެއް ހާލަތްތަކުގައި ރުފިޔާއިން އެބަ ފައިސާ ދައްކާ. މިސާލަކަށް ކޯޕަރޭޓް އިންކަމް ޓެކްސް އެ ކުންފުނިތަކުން މީރާއަށް ދައްކަނީ ދިވެހި ރުފިޔާއިން. އެހެން ނަމަވެސް ސަރުކާރުން ގާނޫނަށް އަދި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން އަޅުގަނޑުމެން މިކަން ބަދަލުކުރާނަން،" އުޝާމް ވިދާޅުވި އެވެ.

އެ އިސްލާހުތައް ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ޑޮލަރުން އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތް ހެދުމަށް ފަހު، އެ ނިންމުން މިއަދު ހަވީރު ވަނީ ކުރިން އޮތް ގޮތަށް އިޔާދަކޮށްފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބީއެލްއެލްގެ ބޯޑުން، ދިވެހި ރުފިޔާ ކާޑުން ޑޮލަރު މުއާމަލާތްތައް ސަސްޕެންޑުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފައާ ހިލާފަށް ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒުގެ އެ ލަފާ ދެއްވީ ކޮން ބަޔަކަށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox