Advertisement

ހުލާސާކޮށް އިއްޔެ: ރައީސް އާއި މަޖިލީހުގެ ރައީސްއާ ގުޅޭ ގޮތުން ފަތުރަނީ ދޮގެއް ކަމަށް ފުލުހުން ބުނުން

24 އޮގަސްޓު 2024 - 01:00 0

އަޒްލިފާ އަބްދުﷲ

އ

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ހުލާސާކޮށް އިއްޔެ: ރައީސް އާއި މަޖިލީހުގެ ރައީސްއާ ގުޅޭ ގޮތުން ފަތުރަނީ ދޮގެއް ކަމަށް ފުލުހުން ބުނުން

24 އޮގަސްޓު 2024 - 01:00 0

Advertisement

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ އަސްލެއް ނެތް ރިޕޯޓެއް ކަމަށް ފުލުހުން ބުނެފި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވެސް މި ރިޕޯޓާ ހަވާލާދީ ވާހަކަ ދެއްކި އެވެ.

Advertisement

ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓު ކޮމިޝަނަރު އަހުމަދު ހަމައެކަނި ވިދާޅުވީ، ރައީސް އާއި އަބްދުއްރަހީމަށް ތުހުމަތުތަކެއް އަމާޒުވާ ގޮތަށް އޮތް ފުލުހުންގެ ތަހުގީގު ބަޔާނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ސައްހަ ރިޕޯޓެއް ނޫން ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، އެމަނިކުފާނު ހައްޔަރުކުރަން ފެބްރުއަރީ 7، 2016، ގައި ނެރުނު ކޯޓު އަމުރާ ގުޅިގެން ފުލުހުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެކެވެ. އޭގައި ފުލުހުންނާއި ސިފައިންގެ ތެރެއިން އަދި ސަރުކާރުގެ ތެރެއިން މިކަމުގައި ބައިވެރިވި ފަރާތްތަކުގެ ވާހަތައް ހިމެނެ އެވެ.

ލީކުވީ، ފުލުހުން އަސްލެއް ނޫން ކަމަށް ބުނާ ރިޕޯޓުގެ ހަތަރު ސަފުހާ އެވެ.

Advertisement

އެގޮތުން، އަދީބާ ގުޅުވައި، ވަޒީރުންގެ މަޖިލީހާއި ރައީސް އޮފީހުގެ ސިއްރު ބައްދަލުވުންތަކުގެ އިތުރުން ޕީޕީއެމް އޮފީހުގައި ދެކެވޭ ސިއްރު ވާހަކަތައް އޭރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ރައީސް މުއިއްޒު، ކުރީގެ ސީޕީ އަބްދުﷲ ރިޔާޒާ ހިއްސާކުރި ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. އަދި އަދީބު، ރައީސް މުއިއްޒު އަށް 14 މިލިއަން ރުފިޔާ ދެއްވި ކަަމަށް ވެސް ބުނެފައިވެ އެވެ.

މަޖިލީހުގެ ރައީސް އާ ގުޅުވާ އެ ރިޕޯޓުގައި ވަނީ، ޔާމީނުގެ ވެރިކަން ބަދަލުކުރުމަށް އަދީބު އެމަނިކުފާނަށް ހަތަރު މިލިއަން ރުފިޔާ ދިން ކަމަށެވެ. އަދި، ރޭވުމާ އެއްގޮތަށް ޔާމީނު ހައްޔަރުކުރެއްވިއްޖެ ނަމަ އެމަނިކުފާނަށް އިތުރު 16 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ އޮތް ކަމަށް ވެސް ރިޕޯޓުގައި ބުނެ އެވެ. އޭރު އެމަނިކުފާނު ހުންނެވީ ލ. ފޮނަދޫ ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުން ބަލައި، ފައިސާ ލިބުނު މީހުންގެ ލިސްޓެއް މެއި 12، 2021 ގައި ނެރުނެވެ. އެ ލިސްޓުގައި ރައީސް މުއިއްޒުގެ ނަން ނެތް ނަމަވެސް އަބްދުއްރަހީމުގެ ނަން އޮތެވެ. ލިސްޓުގައި އޮތް ގޮތުން އެމަނިކުފާނަށް ދީފައިވަނީ 1،708،400ރ. އެވެ.

ރިޕޯޓުގައި އިތުރަށް ހުރީ ޔާމީނުގެ ވެރިކަން ނިންމާ އެމަނިކުފާނު ހައްޔަރުކުރުމަށް އޭރު ސަރުކާރާއި ފުލުހުން އަދި ސިފައިންގެ ވެރިން ރޭވި ކަމަށް ބުނާ ވާހަކަތަކެވެ. އެގޮތުން އޭރު ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށްލި ކުރީގެ ޕީޖީ މުހުތާޒް މުހުސިން އާއި މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާނުގެ ވާހަކަ ވެސް ރިޕޯޓުގައި އޮތެވެ.

މުހިއްމު ބައެއް ހަބަރު

ގޯއްޗާއި ފްލެޓު ހަވާލުކުރުން ލަސްވާތީ މުޒާހަރާއަށް ނުކުމެއްޖެ

ގޯއްޗާއި ފުލެޓު ލިބުނު މީހުން މުޒާހަރާއަށް ނުކުމެފައި މިވަނީ، ގޯތިތައް އަތުލުމަށް މަޖިލިސް މެންބަރުން ކުރާ މަސައްކަތް ހުއްޓުވުމަށް މުޒާހަރާއަށް ނުކުތުމަށް ގުޅީފަޅު އެސޯސިއޭޝަނުން ގޮވާލިތާ ތިން ދުވަސް ފަހުންނެވެ.

ހުޅުމާލޭން ބިން ލިބެންދެން ކަނޑުއޮތްގިރީގެ މަސައްކަތް ފެލިވަރަށް

މިފްކޯއިން ބުނީ ކަނޑުއޮތްގިރީގައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުނީ އެ ރަށުގެ ބަދަލުގައި ހުޅުމާލެއިން ބިމެއް ދިނުމަށް މި މަހު ހަތަރެއްގައި ކެބިނެޓުން ނިންމުމުން ކަމަށް. އެ ކުންފުނިން ސިފަ ކުރި ގޮތުގައި އެ ރަށަކީ މިފްކޯގެ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބުގެ ގޮތަ.

ފިރިހެން ޗެމްޕިއަނަކަށް ޕަޖަރް، އަންހެން ޗެމްޕިއަނަކީ މިރާއީ

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ގެ, ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން އިންޑޮނޭޝިއާގެ ޕަޖަރް އަރިޔާނާ ހޯދިއިރު, އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޖަޕާނުގެ މިރާއީ އިކޭޑާ ވަނީ ހޯދައިފައި

މުހްޔިއްދީން ސްކޫލްގެ ދަރިވަރުންނަށް ގައުމިއްޔަތާ ބެހޭ ކްހާލެއް

މި ސަރުކާރުން ވަނީ ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ވުޒާރާއެއް އެކުލަވާލާފަ އެވެ. އަދި، ގައުމީ ތައުލީމީ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ހިމަނައި އެ މާއްދާ ކިޔަވައިދޭންވެސް ވަނީ ފަށާފަ އެވެ.

އެމްއައިބީން ގިޔާސުއްދީން ސްކޫލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބްރިޖު ލައިޓު ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެއް ހިނގައިފި

އޭގެތެރެއިން އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރިހެން މީހާ އަދި ފަހަތުގައި އިން 19 އަހަރުގެ އަންހެން މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ. އަނެއް ސައިކަލުގައި އިން 43 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

ކަރެކްޝަންސްގެ ފަސް އޮފިސަރަކަށް ދައުވާކޮށްފި

ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މީހުން ހައްޔަރުކުރީ ޖޫން 28، ގަ. އެ މީހުން ދިރިއުޅެމުންދިޔަ ތަންތަންވެސް އޭރު ބަލާފާސްކުރި. އޭގެ ތެރެއިން 11 މީހަކު ތަހުގީގު ނިމެންދެން ވަނީ ބަންދުކޮށްފަ. މި ތަހުގީގު ހިންގީ ފުލުހުންނާއި އޭސީސީން.

ޔުނިސެފުން ދިން 9.5 މިލިއަނުގެ ހިލޭ އެހީ ހޯދީ ކުރީ ސަރުކާރުން

މި ގްރާންޓަށް އެދުމުގެ ފުރުސަތު ރާއްޖެއަށް އޮތްކަން އެނގި، ދެ އަހަރުގެ މަސައްކަތުން އެޕްލައި ކުރީ ޖުލައި 2023، ގަ. އަދި އެ ގްރާންޓު ކާމިޔާބުވިކަން އޮގަސްޓު 2023، ގައި އެހީދޭ ފަރާތްތަކުން ސަރުކާރަށް އެންގި.

މޯލްޑިވިއަނުން ފުވައްމުލަކަށް ކުރާ ދަތުރުތައް މަދުކޮށްފި

މި ނޫހަށް މައުލޫމާތު ދެއްވި މޯލްޑިވިއަންގެ އޮފިޝަލު ވިދާޅުވީ ފުވައްމުލަކަށް ކުރާ ދަތުރުތައް މަދުކުރަން ނިންމި އަނެއް ސަބަބަކީ، ފުވައްމުލަކަށް ދަތުރުކުރާ ފަސިންޖަރުންގެ އަދަދު މަދުވުން ކަމަށެވެ.ޑިމާންޑާ އެއްވަރަށް ދަތުރުތައް އަނެއްކާވެސް އިތުރު ކުރުމަކީ އެކަށީގެންވާ ކަމެއް.

ވައިކަރަދޫ ދަނޑުތަކުން ކުލި ނަގައި، ފަޅުގޮވާން ކުރަން ބިން ދެނީ

ކުލީގެ ގޮތުގައި ނަގާނީ އަކަފޫޓަކަށް ދެ ލާރި ކަމަށް ވެސް ރަށު ކައުންސިލުން ބުނެފައި އޮތެވެ. ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ވައިކަރަދޫ ދަނޑުބިންތަކުން ކުލި ނަގަން މި ފަށަނީ އަލަށެވެ.

ގާބިލު ނޫން ސިޔާސީންނަށް ވަޒީފާ ދިނުމާއި ބުޅަލުން ހެދިކާ ހެދުން

ގައުމު މިހާލަތަށް ވެއްޓެމުން ދިއުމުގެ އަސްލަކީ މަގާމަށް ކުފޫ ހަމަ ނުވާ މީހުން ސިޔާސީ މަންފާއަށް ސިޔާސީ ބޭނުމަށް މަގާމުތަކަށް ގެނެވޭ ގެނެވުމާމެދު އޭގެ ފިތުރަތާމެދު އަހަރެމެންގެ ވިސްނުން އިދިކޮޅަށް ޖެހިފައިވާތީ ވެގެން އުޅޭ ގޮތެކެވެ.

ގުއްބުޑިޔާގެ މުއްސަނދިކަމާއި ހުޅުވާރުލު އަންހެންކުދިންގެ ވާހަކަ

ރަށުގެ ފިރިހެނުންތައް މޮޅިންމޮޅިސާލުލައި އެއްވެތިބެ ކުރި ސައްލާގައި ނިންމުނީ މިހާރު އިތުރަށް ރަށުގައި ތިބުމުގެ ބޭނުމެއް ނެތްކަމުގަ އެވެ. އުޅެވޭނޭ ގޮތެއްވެސް އުޅޭންޖެހޭ ސަބަބެއްވެސް ނެތްކަމުގަ އެވެ.

ސަރުކާރުން ފައިސާ ނުފޮނުވައިގެން ދަރިވަރުން ނުތަނަވަސްކަމުގައި!

ސަރުކާރުގެ ސްކޮލާޝިޕްތަކުގައި އަދި ސްޓޫޑެންޓު ލޯނު ނަގައިގެން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ނުފޮނުވާތީ ކުއްޔާއި ޓިއުޝަން ފީ ނުދެއްކި ބައެއް ދަރިވަރުން މިދިޔަ ޖޫން މަހު ވެސް ހާލުގައި ޖެހުނު

އެމްޕީއެލްއާއި އެސްޓީއޯއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިއްޔެ އަކީ ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ތާރީހެ އެވެ. އެ ހިދުމަތް ފެށުމަށް ކަނޑައެޅި އެތައް ތާރީހެއް ވަނީ ފަސްވެފަ އެވެ.