Advertisement

އެމްއައިބީން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

23 އޮގަސްޓު 2024 - 17:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއައިބީއާއި ގިޔާސުއްދީނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުން -- ފޮޓޯ: އެމްއައިބީ


އެމްއައިބީން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

23 އޮގަސްޓު 2024 - 17:22 0

މޯލްޑިވްސް އިސްލާމިކް ބޭންކާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި ދެމެދު އެކި ދާއިރާއިން އެއްބާރުލުން ދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ގިޔާސުއްދީންގައި ބޭއްވި ބައްދަލުވުމުގައި އެ އެމްއޯޔޫގައި ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދުރީސް އެވެ. އަދި ގިޔާސުއްދީންގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް އެވެ.

"މި ފަހުމާނާގެ ދަށުން ދެވޭ އާއިލާ ކާޑަކީ ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭ ވަކި ލިމިޓްތަކެއްގެ ދަށުން ބޭނުން ކުރެވޭ ކާޑެއް،" އެމްއައިބީން ބުންޏެވެ.

އެމްއައިބީން ބުނީ އެ ކާޑުގެ ސަބަބުން ނަގުދު ފައިސާ ބޭނުން ކުރުމުގެ ބަދަލުގައި ދަރިވަރުންނަށް ޒިންމާދާރު ކަމާއެކު ކާޑު ފަދަ ޒަމާނީ އާލާތްތައް ބޭނުން ކުރަން އާދަވާނެ ކަމަށެވެ.

އޭގެ އިތުރުން މާލީ ޒިންމާ އަދާކުރަން އިތުރު ކުރުމަށް ދަރިވަރުން އަހުލުވެރި ކުރުމުގެ ގޮތުން ފަހުމާނާގެ ދަށުން މަސައްކަތް ކުރާނެ ކަމަށް ވެސް އެމްއައިބީން ބުންޏެވެ.

އެމްއައިބީން ދަނީ އެ ބޭންކްގެ ހިދުމަތްތައް ސްކޫލްތަކަށް ފުޅާ ކުރަމުންނެވެ. އެގޮތުން ހިދުމަތްތައް ބޭނުން ކުރަން ބޭނުންވާ ސްކޫލްތަކަށް ބޭންކުން ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.

އެމްއައިބީއަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކިން ހިދުމަތް ދެމުން އަންނަ ބޭންކެކެވެ.

އެގޮތުން އެ ބޭންކުން އަންނަނީ ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުމުގެ ހިދުމަތް މިހާރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ދެމުންނެވެ.

އެމްއައިބީގެ އިންޓަނެޓް ބޭންކިންއަކީ ބޭނުން ކުރަން ފަސޭހަ ރައްކާތެރި ހިދުމަތެކެވެ.