Advertisement

އަރަފާތުގެ ބަދިގޭގައި ބުޅާ މަސް ހުރިތޯ ބަލަން ސާމްްޕަލް ނަގައި ޓެސްޓުކުރަނީ

22 އޮގަސްޓު 2024 - 18:49 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަރަފާތު ބުޅާ މަސް ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ ބަދިގެ ހުންނަ ގ. ރަނައުރާގޭއާގެ -- ފޮޓޯ: އަދަދު


އަރަފާތުގެ ބަދިގޭގައި ބުޅާ މަސް ހުރިތޯ ބަލަން ސާމްްޕަލް ނަގައި ޓެސްޓުކުރަނީ

22 އޮގަސްޓު 2024 - 18:49 1

ބުޅާ މަސް އަޅައިގެން ކާތަކަތި ތައްޔާރުކޮށް ވިއްކާ ކަމަށް ތުހުމަތު ކުރާ ބަންގްލަދޭޝްގެ އަރަފާތު ހޮސެއިން، 32، ކާތަކެތި ތައްޔާރުކުރި ބަދިގެއިން ބުޅާ މަސް ހުރިތޯ ބަލަން ސާމްޕަލް ނަގައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ އަރަފާތުގެ ބަދިގެއިން ސާމްޕަލް ނެގުމަށް ފަހު އެތަން ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

"ބުޅާ ގެންގުޅުނު ކަމަށް ޝައްކު ކުރެވޭ ތަނުގައި، އެ މައްސަލައިގައި ސާމްޕަލްތައް ނަގައި އެތަން ވަނީ އިމާރާތުގެ ވެރިފަރާތާ ހަވާލުކުރެވިފައި މިހާރު،" އޭނާ ވިދާޅުވި އެވެ.

އެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނުހާ އަވަހަކަށް ރައްޔިތުންނަށް އެތަނުގައި ބުޅާ މަސް ހުރިތޯ ނުވަތަ ނޫންތޯ ހާމަކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ގ. ރަނައުރާގޭއާގޭ ގޯޅިގަނޑުގައި ހުންނަ އަރަފާތު އުޅުނު ތަނުގައި، ބުޅާ ގެންގުޅޭ ކަމަށް ތުހުމަތުކުރަނީ އެ ގޭގައި އުޅޭ މީހުންނެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި އޭނާ އަބަދު ވެސް ބުޅާ ގެންގުޅެ އެވެ.

އަރަފާތުގެ މައްސަލަ ފެންމަތިވީ އާންމުން ކުރި ޝަކުވާތަކާއި ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ފީލައިން ވެލްފެއާ އޯގަނައިޒޭޝަންއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކާ ގުޅިގެންނެވެ.

އެފަހުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރީން ވަނީ އޭނާގެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފަ އެވެ. މިހާރު ފުލުހުން އަންނަނީ އެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.

ބުޅާ މަހުގެ މައްސަލަ ތަހުގީގު ކުރި ނަމަވެސް މިހާތަނަށް ވެސް އޭނާ ހައްޔަރުކޮށްފައި ހުރީ ވިސާގެ މައްސަލައިގައި ކަމަށް އިހުސާން ވިދާޅުވެފައިވެ އެވެ.