Advertisement

ރާއްޖޭގެ ޖޫނިއާ ތިން ސާފަރަކު އޭޝިއާ މުބާރާތުގެ ކުއާޓާ ފައިނަލަށް

22 އޮގަސްޓު 2024 - 19:35 0

ކ. ތުލުސްދޫ

އަތޫފް އާތިފް

އަތޫފް އާތިފް


ރާއްޖޭގެ ޖޫނިއާ ތިން ސާފަރަކު އޭޝިއާ މުބާރާތުގެ ކުއާޓާ ފައިނަލަށް

22 އޮގަސްޓު 2024 - 19:35 0

ކ. ތުލުސްދޫ

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޖޫނިއާ ކެޓަގަރީގެ ކުއާޓާ ފައިނަލުން، ރާއްޖޭގެ ޖޫނިއާ ތިން ސާފަރުން ކަމަށްވާ، ކަޔާން އަބްދުالله އަރީފް (ކައިޕުޓީ)، ސައްޔިދު ސަލާހުއްދީން އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ ޖާގަ ހޯދައި، ތާރީހީ ކާމިޔާބެއް ހާސިލްކޮށްފި އެވެ.

މިއީ، ރާއްޖޭގެ ޖޫނިއާ ސާފަރުން އޭޝިއާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެެވެ.

ކ. ތުލުސްދޫގައި މި ފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެސް ކުރިއަށްދާއިރު، މިއަދު ކުރިއަށްދިޔަ ރައުންޑް ތިނެއްގެ ފުރަތަމަ ހީޓުގައި ކަޔާން އަރީފް ވާދަކުރިއިރު، މި ހީޓުގައި ދެން ވާދަކުރީ, ޖަޕާނުގެ ކައިޝީ އަޑަޗީ, ތައިލެންޑްގެ ޗިން ޖޯންސަން އަދި ރާއްޖޭގެ މުހައްމަދު އިނާން އެވެ.

މި ހީޓުގެ އެއް ވަނަ ޖާޕާނުގެ އަޑަޗީ ހޯދީ, 13.00 ސްކޯ ކޮށްގެންނެވެ. އެނާގެ އެންމެ މަތީ ދެ ރާޅުން ވަނީ 6.67 އަދި 6.33 ސްކޯކޮށްފަ އެވެ. ހީޓުގެ ދެވަނަ ހޯދި ކަޔާން އަރީފް އަށް ލިބުނީ 8.80 ގެ ސްކޯއެކެވެ. އެއީ އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި 4.50 އަދި 4.30 ސްކޯކޮށްގެންނެވެ.

ރާއްޖޭގެ ކަޔާން ޒަކީ, ކުއާޓާ ފައިނަލުން ޖާގަ ހޯދީ ހީޓު ހަތަރެއްގެ އެއްވަނަ ހޯދައިގެންނެވެ. މި ހީޓުގައި ކަޔާން ޒަކީގެ އިތުރުން ދެން ވާދަކުރީ, ކޮރެއާގެ ސައިހުން ޖުން, ސިންގަޕޯގެ ޖޫހުން މާކް އަދި އިންޑިއާގެ ހާރިޝް ޕަރަކާޝް އެވެ.


މި ހީޓުގެ އެއް ވަނަ ކަޔާން ޒަކީ ހޯދީ 8.97 ސްކޯކޮށްގެންނެވެ. އޭނާގެ އެންމެ މަތީ ދެ ރާޅުން ވަނީ 5.00 އަދި 3.97 ސްކޯކޮށްފަ އެވެ. ދެވަނަ އަށްދިޔަ ޖުން އަށް ސްކޯކުރެވުނީ, 7.43 ގެ ސްކޯއެކެވެ. އެއީ އެންމެ މަތީ ދެ ރާޅުން 3.73 އަދި 3.70 ސްކޯކޮށްގެންނެވެ.

ރާއްޖޭގެ ޖޫނިއާ ކެޕްޓަން ސައްޔިދު ކުއާޓާ އިން ޖާގަ ހޯދީ, ހީޓު ފަހަކުން ދެވަނަ ހޯދައިގެންނެވެ. މި ހީޓުގައި ސައްޔިދުގެ އިތުރުން ދެން ވާދަކުރީ, ސްރީ ލަންކާގެ ކަނާޕާތީ ޖޭ އާއި, ޗައިނީސް ޓައިޕޭގެ ލިއު މިންގް-ޖަން އަދި ތައިލަންޑްގެ ނަތްރީ އެވެ.

މި ހީޓުގެ އެއްވަނަ ހޯދި ލަންކާގެ ކަނާޕާތީ ވަނީ 9.50 ސްކޯކޮށްފަ އެވެ. އޭނާ އެންމެ މަތިން ސްކޯކުރި ދެ ރާޅުން ވަނީ, 4.17 އަދި 5.33 ސްކޯކޮށްފަ އެވެ. ރާއްޖޭގެ ސައްޔިދު ދެވަނަ އަށް ދިޔައީ, 8.27 ގެ ސްކޯއަކާ އެކުގަ އެވެ. ސައްޔިދު އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 4.17 އަދި 4.10 ސްކޯކޮށްފަ އެވެ.

ކަޔާން ޒަކީ (ކ) އަދި ކަޔާން އަރީފް (ވ) -- ފޮޓޯ: އަތޫފް އާތިފް