Advertisement

ބިދޭސީންތަކެއް ގަވާއިދާ ހިލާފަށް ހިންގި ކާނާ ފެކްޓަރީއެއް ހޯދައިފި

22 އޮގަސްޓު 2024 - 14:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިމިގްރޭޝަނުން ހޯދި ބިދޭސީންގެ ފެކްޓްރީ: ޖުމްލަ 10 ބިދޭސީން އެތަނުން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި -- ފޮޓޯ: އިމިގްރޭޝަން


ބިދޭސީންތަކެއް ގަވާއިދާ ހިލާފަށް ހިންގި ކާނާ ފެކްޓަރީއެއް ހޯދައިފި

22 އޮގަސްޓު 2024 - 14:27 0

ގަވާއިދާ ހިލާފަށް ބިދޭސީން ލުއި ކާނާ ތައްޔާރުކުރާ ފެކްޓްރީއެއް ހޯދައި، އެތަނުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރު ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހު މ. ތްރީ މޫން ބަލައި ފާސްކޮށް 10 ބިދޭސީއަކު ޑިޕާޓްމަންޓުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"ބިދޭސީން މިތަނުގައި ތައްޔާރުކުރަމުންދިއަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެންހުންނަ ތެލުލިފަތް، މަސްމިރުސް، ހިކިމަސް އަދި ލުއިކާނާގެ ބާވަތްތައް ހިމެނޭ،" އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ހޯދި ބިދޭސީންގެ ފެކްޓްރީ: ޖުމްލަ 10 ބިދޭސީން އެތަނުން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި -- ފޮޓޯ: އިމިގްރޭޝަން


"އަދަދު" އަށް އެނގައިވާ ގޮތުގައި ތްރީ މޫންސްގެ އެކި ފަންގިފިލާތަކުގައި ބިދޭސީން ދިޔައީ "ސުޕަ ކޮލެޓީ" ގެ ނަމުން ލޭބަލްކޮށް ޕެކެޓް ކޮށްފައިވާ އެކި ބާވަތްތަކުގެ ކާބޯތަކެތި ހަދައި ތައްޔާރު ކުރަމުންނެވެ.

އެގޮތުން ފުރާޅު މަތީގައި ފޯއް ހިއްކަން ބަހައްޓައި، މަސް ވެސް ހިއްކަން ބަހައްޓާފައި ހުއްޓެވެ. އަދި ގުޅަ ތެލުލުމަށްފަހު ނުތާހިރު ފޮތިގަނޑެއް އޭގެ މަތީގައި ބަހައްޓާފައި ވެސް ހުއްޓެވެ.

އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ފާހަގަކޮށް، އެމީހުން އުޅޭ ތަންތަން ބަލައި ފާސްކުރަމުންނެވެ.

ސަރުކާރުން ބުނީ ގަވާއިދާ ހިލާފަށް ކަންކަން ކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ސިސްޓަމަށް ވަންނަން ފުރުސަތު ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.