Advertisement

ބާ ކައުންސިލްގެ ހިންގާ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރަން ފާސްކޮށްފި

22 އޮގަސްޓު 2024 - 14:15 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް: ބާ ކައުންސިލްގެ ހިންގާ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރަން ފާސްކޮށްފި - ފޮޓޯ: މަޖިލިސް


ބާ ކައުންސިލްގެ ހިންގާ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރަން ފާސްކޮށްފި

22 އޮގަސްޓު 2024 - 14:15 0

ރާއްޖޭގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމަށް އޮންނަ ބާ ކައުންސިލްގެ ހިންގާ ކޮމިޓީ އަދި އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އިންނަވާ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮތް މާއްދާ އިން ބަންޑާރަ ނައިބު އުނިކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 77 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލުގައި ބުނާ ގޮތުން އެ ބިލުގެ މަގުސަދަކީ ގާނޫނީ ވަކީލުގެ ކަންކަން ތަންފީޒުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ މަންދޫބުން ކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމެވެ.

ބާ ކައުންސިލް މިހާރު އެކުލެވިގެން ވަނީ ވަކީލުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ ހަ މެންބަރުންނާއި ބަންޑާރަ ނައިބެވެ. ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ބަންޑާރަ ނައިބު އުނިކޮށް ހަތް މެންބަރުން އިންތިހާބު ކުރާ ގޮތަށެވެ.

ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ. ބާ ކައުންސިލް ވުޖޫދު ކުރުމުގެ ކުރިން ވަކީލުންގެ ކަންކަން ބަލަހައްޓަމުން ގެެންދިޔައީ ސުޕްރީމް ކޯޓުންނެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަކީލުން ރެގިއުލޭޓް ކުރި ދުވަސްވަރެއް ދިޔަ އެވެ.

ވަކީލުންގެ މައްސަލަތައް ބެލުމާއި ރެގިއުލޭޓް ކުރުން ވަކީލުންނަށް ދޫކޮށްލުމަކީ އަބަދުވެސް ގާނޫނީ ފަންނުގެ ދާއިރާގައި އަޑު އުފުލަމުން އައި ކަމެކެވެ.