Advertisement

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: އަންމަޑޭ، ސްމައިލީ، ހޫދު އަދި ކުޑަ އިއްސެ އަށް ހުއްޓުމެއް ނެތް

21 އޮގަސްޓު 2024 - 19:00 0

ކ. ތުލުސްދޫ

އަތޫފް އާތިފް

އަތޫފް އާތިފް


އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: އަންމަޑޭ، ސްމައިލީ، ހޫދު އަދި ކުޑަ އިއްސެ އަށް ހުއްޓުމެއް ނެތް

21 އޮގަސްޓު 2024 - 19:00 0

ކ. ތުލުސްދޫ

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ރައުންޑް ތިނެއްގައި ވާދަކޮށް ރާއްޖޭގެ ކެޕްޓަން އަހުމަދު އާގިލް (އަންމަޑޭ)، އިސްމާއިލް ރަޝީދު (ސްމައިލީ)، ހޫދު އަހުމަދު (ހޫބްސް)، އަދި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ރައުންޑް ހަތަރަކަށް ދަތުރުކޮށްފި އެވެ.

މިއަދު ކުރިއަށްދިޔަ ރައުންޑްގެ ތިނެއްގެ ދެ ވަނަ ހީޓުގައި ވާދަކޮށް ކެޕްޓަން އައްމަޑޭ ހަތަރުވަނަ ބުރުން ޖާގަ ހޯދީ އެ ހީޓުގެ ދެ ވަނަ ހޯދައިގެންނެވެ. އަންމަޑޭއާ އެކު މި ހީޓުގައި ދެން ވާދަކުރީ ފިލިޕީންސްގެ ޖޯން މާކް ޓޮކޮންގް, ލަންކާގެ ކަވިސްކަރާ އަދި ޗައިނާގެ ޒިހުންގް ޒަހަންގް އެވެ.

މި ހީޓުގެ އެއް ވަނަ އަށް ދިޔަ ފިލިޕީންސްގެ ޖޯން މާކް ވަނީ 18.34 ސްކޯކޮށްފަ އެވެ. އޭނާގެ އެންމެ މަތީ ދެ ރާޅުން ވަނީ, 9.17 ސްކޯކޮށްފަ އެވެ. އޭގެ ތެރެއިިން އެއް ރާޅަކީ ބެރަލް ރޯލެއް ފުރިހަމަކުރި ރާޅެކެވެ. އައްމަޑޭ އަށް ހީޓުގެ ދެވަނަ ލިބުނީ, 11.50 ސްކޯ ކޮށްގެންނެވެ. އަންމަޑޭ، އަށް އެންމެ މަތިން ލިބުނީ ދެ ވަނަ ރާޅު އަދި ހަތަރު ވަނަ ރާޅުންނެވެ. ދެ ވަނަ ރާޅުން 4.17 ސްކޯކުރިއިރު, ހަތަރު ވަނަ ރާޅުގައި ބެރަލް އެއް ފުރިހަމަކޮށް 7.33 ސްކޯކުރި އެވެ.

ހީޓު ނިންމުމަށްފަހު އައްމަޑޭ ދަރިފުޅާއެކު އުފާފާޅުކުރަނީ -- ފޮޓޯ: އަތޫފް އާތިފް / އަދަދު


ސްމައިލީ ހަތަރުވަނަ ބުރުން ޖާގަ ހޯދީ ތިންވަނަ ހީޓުގައި ވާދަކޮށް ހީޓުގެ ދެވަނަ ހޯދައިގެންނެވެ. ސްމައިލީ އާއެކު, މި ހީޓުގައި ދެން ވާދަކުރީ, ތައިލަންޑްގެ ނަތަކްރޮން, ބަންގްލަދޭޝްގެ މުހައްމަދު މަންނާން އަދި ތައިލަންޑްގެ ޓިން ޖޯންސަން އެވެ.

މި ހީޓުގެ އެއް ވަނަ އަށްދިޔަ ނަތަކްރޮން ވަނީ 10.78 ސްކޯކޮށްފަ އެވެ. އޭނާގެ އެންމެ މަތީ ދެ ރާޅުން, 5.67 އަދި 5.20 ސްކޯކުރިއެވެ. ސްމައިލީ ދެވަނަ އަށް ދިޔައީ, 8.07 ސްކޯކޮށްގެންނެވެ. ސްމައިލީ އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި އޭނާ ވަނީ 4.50 އަދި 3.57 ސްކޯކޮށްފަ އެވެ.

ހޫދު ހަތަރު ވަނަ ބުރުން ޖާގަ ހޯދީ, ހީޓު 10 ގައި ވާދަކޮށް ހީޓު ކާމިޔާބުކޮށްގެންނެވެ. ހޫދާ އެކު, މި ހީޓުގައި ދެން ވާދަކުރީ, މުހައްމަދު އަފީގް ހައިކަލް, ތައިލަންޑްގެ ނަތްރީ އަދި ސްވަން އެވެ.

ހޫބްސް ހީޓު 10 ގައި ވާދަކޮށް ހީޓު ކާމިޔާބުކުރި -- ފޮޓޯ: އަތޫފް އާތިފް / އަދަދު


މި ހީޓުގެ ހޫދު ކާމިޔާބުކުރީ, 13.16 ސްކޯ ކޮށްގެންނެވެ. އޭނާގެ އެންމެ މަތީ ދެ ރާޅުގައި ހޫދު ވަނީ 6.33 އަދި 6.88 ސްކޯކޮށްފަ އެވެ. ދެ ވަނަ އަށް ދިޔައީ މުހައްމަދު އަފީގް އަށް ލިބުނީ 10.17 ގެ ސްކޯ އެކެވެ.

ކުޑަ އިއްސެ ހަތަރު ވަނަ ބުރުން ޖާގަ ހޯދީ, ހީޓު 11 ގައި ވާދަކޮށް ހީޓު ކާމިޔާބު ކޮށްގެންނެވެ.

ކުޑަ އިއްސެ އާއެކު, މި ހީޓުގައި ދެން ވާދަކުރީ, އިންޑިއާގެ އަޖީސް އަލީ, ލަންކާގެ ކޮކޫ އަދި އަފްގާނިސްތާނުގެ އަފްރިދަމް އަމޫ އެވެ.

ކުޑަ އިއްސެ ހީޓު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަތޫފް އާތިފް / އަދަދު


މި ހީޓު ކުޑަ އިއްސެ ކާމިޔާބުކުރީ, 9.17 ސްކޯ ކޮށްގެންނެވެ. ކުޑަ އިއްސެގެ އެންމެ މަތީ ދެ ރާޅުގައި އޭނާ ވަނީ 3.17 އަދި 6.00 ސްކޯކޮށްފަ އެވެ. ދެވަނަ އަށް ދިޔައީ އިންޑިއާގެ އަޖީޝް އެވެ. އޭނާ ވަނީ 9.00 ސްކޯކޮށްފަ އެވެ.

މިއަދުގެ އިވެންޓްތައް ބަލާލުމަށް، ކ. ތުލުސްދޫ އަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާްއްޕެ) ވެސް ވަޑައިގެންނެވި އެވެ.