Advertisement

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ސްމައިލީ ދެކޭ ގޮތުގައި ކާމިޔާބު ހޯދޭނެ ފެންވަރު ރާއްޖޭގެ އެތުލީޓުންގެ އެބަހުރި

21 އޮގަސްޓު 2024 - 00:21 0

އަތޫފް އާތިފް

އަތޫފް އާތިފް

މިއަަދުގެ ހީޓު ނިންމާލުމަށް ފަހު ސްމައިލީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ސްމައިލީ ދެކޭ ގޮތުގައި ކާމިޔާބު ހޯދޭނެ ފެންވަރު ރާއްޖޭގެ އެތުލީޓުންގެ އެބަހުރި

21 އޮގަސްޓު 2024 - 00:21 0

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި މީގެ ފަސް އަހަރު ކުރިން ވާދަކުރިއިރު، ފެނިގެންދިޔަ ފެންވަރާއި މިހާރުގެ ތިބި ރާޅާ އެޅުންތެރިންގެ ފެންވަރާ އަޅާކިޔާއިރު، މިހާރު ވާދަކުރާ އެތުލީޓުންގެ ފެންވަރު ބޮޑު ތަނުން މަތި ކަމަށާއި، އެކަމަކު ވެސް ރާއްޖޭގެ ރާޅާ އެޅުންތެރިންނަށް ކާމިޔާބު ހޯދޭނެ ކަމަށް ރާއްޖޭގެ ބީ ޓީމު (ޓީމު ތުލުސްދޫ)ގެ ރާޅާ އެޅުންތެރިޔާ އިސްމާއިލް ރަޝީދު (ސްމައިލީ) ބުނެފި އެވެ.

މީގެ ފަސް އަހަރު ކުރިން 2019 ވަނަ އަހަރު ޗައިނާގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ސްމައިލީ ވަނީ ވާދަކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތުގެ ޕޯޑިއަމް ފިނިޝް އެއް ސްމައިލީ ހޯދިއިރު، އެ ފަހަރާ އަޅާކިޔާއިރު، މިހާރު މުބާރާތުގެ ފެންވަރު ބޮޑު ތަނުން ރަނގަޅު ވެފައިވާ ކަމަށް ސްމައިލީ ވަނީ ބުނެފަ އެވެ.

"ސްމައިލީ މި އޭޝިއަން ގޭމްސް (ޗެމްޕިއަންޝިޕް)ގައި މިދިޔަ އަހަރު ނާޅަން. އެކަމަކު، 2019 ވަނަ އަހަރުގެ މުބާރާތުގައި ސްމައިލީ އެޅިން ދޯ. ގޮސްފަ ފައިނަލުގައި ވާދަކުރިން އެ ފަހަރު. އެކަމަކު މިހާރު ސާފިން ލެވަލް ވަރަށް މަތި ވެއްޖެ. އެކަމަކު، ދިވެހިންގެ ލެވަލް އަށް ބަލާފަ ފައިނަލަށް ދެވިދާނެ." ގދ. ގައްދޫ އަށް އުފަން، ސްމައިލީ ބުންޏެވެ.

ސްމައިލީ ބުނީ މި މުބާރާތުގެ ފުރަތަމަ ބުރުގައި އޭނާ އަށް ދިމާވި މައްސަލަ އަކީ މުބާރާތައް ތައްޔާރުވެގެން އައި ސާފިން ބޯޑު ބިންދައިގެން ގޮސް އާ ބޯޑެއްގައި މުބާރާތުގައި އަޅަން ޖެހުން ކަމަށެވެ. އެކަމަކު ކުރިއަށް ހުރި ހީޓުތަކުގައި ރަނގަޅު ކޮށް ކާމިޔާބު ހޯދަން މަސައްކަތް ކުރާނެ ކަމަށް ސްމައިލީ ވަނީ ބުނެފަ އެވެ.

ސްމައިލީ ވަނީ މިއަދު އޭނާ ވާދަކުރި ރެޕޯ ހީޓުގެ އެއް ވަނަ ހޯދައި، ތިން ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.