Advertisement

އެއް ނަންބަރަކުން ހުރިހާ ހިދުމަތަކަށް ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމުކުރަނީ

20 އޮގަސްޓު 2024 - 15:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުއްލި ހާލަތުގައި ގުޅަން ގައުމީ ހެލްޕް ލައިނެއް ގާއިމުކުރަން މަޝްވަރާކުރުން -- ފޮޓޯ: ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ


އެއް ނަންބަރަކުން ހުރިހާ ހިދުމަތަކަށް ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމުކުރަނީ

20 އޮގަސްޓު 2024 - 15:25 0

ކުއްލި ހާލަތްތަކުގައި އެއް ނަންބަރަކުން ހުރިހާ ހިދުމަތަކަށް ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމު ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން މަޝްވަރާ ކޮށްފި އެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ހޯމްލޭންޑް ސެއިކުރިޓީ މިނިސްޓަރާއި، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ސިފައިންގެ އިސްވެރިން ބައިވެރިވި އެވެ.

"ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަންބަރަކުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޝޯޓްކޯޑް ލައިނެއް ގާއިމު ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާ ކުރެވުނީ،" ހޯމްލޭންޑުން ބުންޏެވެ.

ރައްޔިތުންނަށް ދިމާވާ އިމަޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމުކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅީ މިނިސްޓްރީ އޮފް ހެލްތުންނެވެ.

އެ ހެލްޕް ލައިން ގާއިމުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ ހޯމްލޭންޑްގެ ބެލުމުގެ ދަށުންނެވެ.

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ނަފުސާނީ ގޮތުން ބޭނުންވާ އެހީތެރިކަން ލިބޭ ނަފުސާނީ ސިއްހަތުގެ ގައުމީ ހެލްޕް ލައިން "1677" މިދިޔަ ފެބްރުއަރީ މަހު ވަނީ އިފްތިތާހުކޮށްފަ އެވެ.