Advertisement

މެޑިކަލް އެސޯސިއޭޝަނުން ބޭނުން ވަނީ ރާއްޖޭގައި ދުންފަތް ވެސް މަނާ ކުރަން

26 ސެޕްޓެންބަރު 2024 - 10:06 1

މޫސާ ނާޝިއު

މޫސާ ނާޝިއު

ވޭޕެއް ދައްކުވައިދޭ ފޮޓޯއެއް--- ސޯޝަލް މީޑިއާ


މެޑިކަލް އެސޯސިއޭޝަނުން ބޭނުން ވަނީ ރާއްޖޭގައި ދުންފަތް ވެސް މަނާ ކުރަން

26 ސެޕްޓެންބަރު 2024 - 10:06 1

ރާއްޖޭގައި ވޭޕް މަނާ ކުރަން ސިއްހަތާ ބެހޭ ޖަމިއްޔާއަކުން ގޮވާލާފައި އޮއްވައި، ދުންފަތުގެ ހުރިހާ ބާވަތްތަކެއް މަނާ ކުރަން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން އަނެއްކާ ގޮވާލައިފި އެވެ.

ގައިން ގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން އުފައްދާފައިވާ އެންސީޑީ އެލަޔަންސްއިން ވެސް ވަނީ ވޭޕް މަނާކުރަން މީގެ ކުރިން ގޮވާލައިފަ އެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ރާއްޖޭގައި ގިނަވުމުގެ މައިގަނޑު މަގުސަދަކީ ދުންފަތާއި ދުންފަތުގެ ބާވަތްތައް ބޭނުންކުރުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެމްއެމްއޭ އިން ބުނީ ދުންފަތުން ޖެހޭ ބަލިތަކުގެ ތެރޭގައި ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހިތުގެ ބަލިތަކާއި، ހަކުރުބަލީގެ އިތުރުން ސްޓްރޯކް ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ދުންފަތް ވެސް ރާއްޖޭގައި މަނާ ކުރުން ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

"ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖޭގައި ވެސް މަނާކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް އެދި އެމްއެމްއޭގެ ފަރާތުން ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރަން،" އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސިނގިރޭޓުގެ ބަދަލުގައި ސިއްހަތަށް ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގައި ވޭޕު އެތެެރެކުރި ކަމުގައިވި ނަމަވެސް ދިރާސާތަކުން އެއީ ސިއްހަތަށް ގެއްލުންހުރި އެއްޗެއްކަމަށް ދައްކާ ކަމަށާއި އޭގައި ހިމެނޭ މެންތަލް އާއި ސިނަމަން ފަދަ ފްލޭވާތަކަކީ ޒުވާން ޖީލު މިކަމަށް ދެވިހިފުމަށް ބޭނުންކުރާ އުކުޅެއް ކަމަށް އެމްއެމްއޭގެ ނޫސްބަޔާނުގައިވެ އެވެ.

އަންނަ ޑިސެމްބަރުން ފެށިގެން ސިނގިރޭޓަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީއިން 2ރ. ބޮޑުކޮށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައިން އިމްޕޯޓް ޑިއުޓީ ނަގަމުންދާ ރޭޓު 200 ޕަސެންޓަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.