Advertisement

ޒަމީރު ފިނޭންސް މިނިސްޓަރަކަށް، ހަލީލު ފޮރިން މިނިސްޓަރަކަށް ބަދަލުކުރަނީ

about 11 hours 0

އަމަން ހަލީމް

އަމަން ހަލީމް

ނާޒިމް, ޚަލީލު, ޒަމީރު އަދި ޝަފީގު. މިއީ މި ސަރުކާރުގެ ކެބިނެޓަށް ގެނައި ފުރަތަމަ ބަދަލުތައް ---


ޒަމީރު ފިނޭންސް މިނިސްޓަރަކަށް، ހަލީލު ފޮރިން މިނިސްޓަރަކަށް ބަދަލުކުރަނީ

about 11 hours 0

ސަރުކާރުގެ މިނިސްޓްރީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓްރީއަށް ބަދަލުކޮށް، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ފޮރިން މިނިސްޓްރީއަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ކެބިނެޓަށް މި ބަދަލުތައް ގެންނަން ނިންމިކަން "އަދަދު" އަށް ކަށަވަރުވީ ނަމަވެސް، ސަރުކާރުން އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދަން އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ރައީސް އޮފީހުގެ ބަހެއް ނުލިބުނެވެ.

މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ކެބިނެޓަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. ހަލީލްގެ ބަދަލުގައި ހެލްތު މިނިސްޓަރަކަށް އައްޔަނުކުރަނީ ރައިސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ މަގާމުގައި ހުންނެވި އަބްދުالله ނާޒިމްކަން ވަނީ އެނގިފަ އެވެ. އޭނާ ވަނީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި އެ މަގާމު ފުރުއްވާފަ އެވެ.

މި ބަދަލުތައް ގެނައިއިރު، މިހާރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު ބަދަލުުކުރާ މަގާމެއް ނުވަތަ މިނިސްޓްރީއެއް އަދި ނޭނގެ އެވެ. އަދި ސަރުކާރުން މި ބަދަލުތައް ގެންނަން ޖެހުނީ ކީއްވެގެން ކަމެއް ވެސް ސާފެއް ނުވި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ ކެބިނެޓަށް ގެނައި ބަދަލުތައް ޝާއިއުކޮށްފަ އެވެ.