މަސް ނިމެންވާއިރަށް ފައިސާ ނުލިބިއްޖެ ނަމަ އަތްލަން ޖެހޭނީ އެސްޑީއެފްގައި: ތަޖުރިބާކާރުން

ިފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު އޮންނަނީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި -- ފޮޓޯ: ހުސެއިން ޝާޔަހު/އަދަދު

ިފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު އޮންނަނީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި -- ފޮޓޯ: ހުސެއިން ޝާޔަހު/އަދަދު

ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވާ ފައިސާ ހަމަނުޖެހިއްޖެ ހާލަތެއްގައި ސޮވްރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާ ބޭނުންކުރަން ޖެހޭނެ ކަމަށް މާލީ ތަޖުރިބާކާރުން ބުނެފި އެވެ.

އެސްޑީއެފްގައި ހުރި ފައިސާގައި އަތްލާން ޖެހިދާނެ ކަމަށް "އަދަދު" އާ ވާހަކަ ދެއްކި ތަޖުރިބާކާރުން ބުނީ ޑޮލަރު ރިޒާވުގެ ހާލަތު މިހާރު އޮތް ހިސާބުން، ހަރަދުތައް ހަމަޖައްސަން އިތުރު އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފިނޭންސް މިނިސްޓްރީއަށް މިފަހުން ފޮނުވި ސިޓީއެއްގައި ވަނީ، މަސް ނިމެންވާއިރަށް ބޭނުންކުރެވޭ ޑޮލަރު ރިޒާވު ހުސްވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. މި ރިޒާވަކީ ދައުލަތުން ކުރަން ޖެހޭ ޑޮލަރު ހަރަދުތައް ކުރަން ބޭނުންކުރާ ރިޒާވެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރީ 43 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ މަހެއްގެ ޒަރޫރީ އިމްޕޯޓަށް ބޭނުންވާ ވަރަށް ވުރެ ވެސް މަދު އަދަދެކެވެ.

މި ހާލަތު ދެމިގެން ގޮސް ޑޮލަރު ރިޒާވު މަތި ނުވެއްޖެ ނަމަ ދެން އޮންނާނެ ގޮތަކީ އެސްޑީއެފްގައި ހުރި ފައިސާއިން ނަގައިގެން ހަރަދުތައް ހަމަޖައްސަން މަޖުބޫރުވުން ކަމަށް ނަން ނުޖަހާ ގޮތަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކި ދެ ތަޖުރިބާކާރަކު ބުންޏެވެ.

"މިހާރު އޮންނާނެ ގޮތަކީ އެސްޑީއެފްއަށް އަތް ބާނައިގެން އޭގައި ހުރި ފައިސާ ހަރަދުކުރުން. އެ ނޫން ގޮތަކަށް އަވަސް ރަހުމަތެއްގައި ޑޮލަރު ލިބޭ ތަނެއް ނުފެނޭ," މާލީ ދާއިރާގައި ފުންނާބު އުސް އަދި ސަރުކާރުގައި ވެސް އުޅެފައި ހުރި ތަޖުރިބާކާރު ބުންޏެވެ.

މިކަމަށް ތާއީދުކޮށް ދެން ވާހަކަ ދެއްކި ތަޖުރިބާކާރު ވެސް ބުނީ މި ހާލަތު މެދުވެރިވީ ފާސްކުރި ބަޖެޓު އެގޮތަށް ތަންފީޒުވަމުން ނުދާތީ ކަމަށެވެ.

މި ގޮތުން އޭނާ ފާހަގަކުރެއްވި އެއް ކަމަކީ ފައިނޭންސިން ޕްލޭނާ އެއް ގޮތަށް ފައިނޭންސް ނުހޯދުމެވެ. ދެން އޭނާ ފާހަގަކުރެއްވީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ބުނި ތާރީހަށް ތަންފީޒުނުވުމާއި ކުރިން ބަޖެޓު ނުކުރާ ލޯނުތައް ދައްކަން ހަރަދު ކުރި މައްސަލަ އެވެ.

"ބަޖެޓު ނުކުރާ ކަންކަމަށް ހަރަދުކޮށްފައި، ވަކި ތާރީހަކުން ފެށިގެން ހަރަދު ކުޑަކުރާން ބުނެފައި އެކަން ނުކުރުމުން، މި ހާލަތަށް ވެއްޓުނީ" އޭނާ ބުންޏެވެ.

ސަރުކާރުން އެންމެ ފަހުން ހާމަކުރި ގޮތުގައި އެސްޑީއެފްގައި 65 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ގާތްގަނޑަކަށް މަސް ދުވަހުގެ ޒަރޫރީ އިމްޕޯޓާއި އެހެނިހެން ހަރަދުތައް ކިރިޔާ ހަމަޖެއްސޭނެ ވަރުގެ ހަރަދުތަކެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.

އެސްޑީއެފްއަކީ ޕަބްލިކް ބޭންކު އެކައުންޓާ ވަކިން، ގާއިމުކޮށްފައި އޮންނަ ފަންޑެކެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓު ކުރުމަށާއި، ދައުލަތުގެ ދަރަނި އަދާ ކުރުމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމަށްޓަކައި އުފައްދާފައިވާ ފަންޑެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން 9 މިލިއަން ރުފިޔާއަށް ކުދިމަގޫގެ ވިއްކާލަނީ

މާލޭގައި ހުންނަ 830 އަކަފޫޓުގެ މއ. ކުދިމަގޫގެ 9.6 މިލިއަން ރުފިޔާއަށް ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ އިއުލާންކޮށްފައެވެ. މި ނީލަމުގައި ބައިވެރިވުމަށް އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭއިރު، ނީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 28 ސެޕްޓެމްބަރު 2026 އެވެ.

ގަވިންގެ "ވީކެންޑް ސޭލް" ހުޅުމާލޭގައި ފަށަނީ

ގަވިންގެ ހުޅުމާލެ ޝޯރޫމް ކުރިމަތީގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ގޭތެރެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބޭ "ވީކެންޑް ސޭލް" އެއް ފަށައިފިއެވެ. މި ސޭލްގައި ކާޕެޓާއި ބެޑްޝީޓް ފަދަ ތަކެތީގެ އިތުރުން، އަލަށް ނެރުނު "އޭވިން" ބްރޭންޑްގެ ދޮންނަ މެޝިނާއި ޝޯރޫމްގެ އެހެން މުދާތަކުން ވެސް ބޮޑެތި ޑިސްކައުންޓްތަކެއް ލިބެން ހުންނާނެއެވެ.

ސްޓާމެޑިކަލް އިން ދަރިމައިވުމާ ބެހޭ ސެޝަންއެއް ބާއްވަނީ

ދަރިމައިވުމުގެ ކުރިން ވިސްނަންޖެހޭ ކަންކަމަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލް އިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިލޭ ބާއްވާ ޚާއްސަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތަޖުރިބާކާރު ނަރުހުން މައުލޫމާތުދޭ މި ސެޝަންގައި ދުޅަހެޔޮކޮށް ބަލިވެއިނުމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދޭއިރު، ކްލިނިކްގެ ނަންބަރުތަކަށް ގުޅައިގެން މިހާރު ނަން ނޯޓުކުރެވޭނެއެވެ.

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

Newsletter

Get the latest news delivered straight to your inbox