Advertisement

ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރާ މީހާ ހައްޔަރުކޮށްފި

20 އޮގަސްޓު 2024 - 10:54 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރި މައްސަލައިގައި ހައްޔަރު ކުރި އަރަފާތު ހޮސައިން -- ފޮޓޯ: އިމިގުރޭޝަން


ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރާ މީހާ ހައްޔަރުކޮށްފި

20 އޮގަސްޓު 2024 - 10:54 0

ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރާ މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ އިއްޔެ ކަމަށާއި އޭނާ ހައްޔަރު ކޮށްފައި ވަނީ މިއަދު ކަމަށެވެ.

"މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައި،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

ބުޅާ ހިފާ މީހެއްގެ މައްސަލަ ފެންމަތިވެފައި ވަނީ ސޯޝަލްމީޑިއާގައި އަމިއްލަ މީހަކު ކުރި ޕޯސްޓެއްގެ ސަބަބުންނެވެ. އެ ވީޑިއޯ މިހާރު ވައިރަލް ވެފައިވާއިރު، ވީޑީއޯއިން ފެންނަ މީހާ ހޯދަން އިމިގުރޭޝަނުން ވެސް އިއުލާނު ކުރި އެވެ.

ބަންގުލަދޭޝްއަށް ނިސްބަތްވާ 32 އަހަރުގެ އަރަފާތު ހޮސެއިން ނަމަކަށް ކިޔާ އެމީހާ އަކީ ގަވާއިދާ ހިލާފަށް ވަޅޯ މަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް އެ މައްސަލަ ފެންމަތި ކުރި ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން ތުހުމަތުކުރަނީ އޭނާއަކީ ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ޕާރުސަލް ވިއްކާ މީހެއް ކަމަށެވެ. ބަދިގެއެއް ހަދައިގެން އޭނާ ވިޔަފާރި ކުރަމުންދިޔައީ ގ. ރަނައުރާގެއާގޭގަ އެވެ.

އެ މީހާގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރީންނެވެ. އެ މިނިސްޓަރީން ބުނީ އެ މައްސަލަ ކުރިއަށް ދާގޮތް ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ.