Advertisement

އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް އެޗްޑީސީ އިން ދިފާއުކޮށްފި

20 އޮގަސްޓު 2024 - 07:53 0

އެޗްޑީސީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް


އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް އެޗްޑީސީ އިން ދިފާއުކޮށްފި

20 އޮގަސްޓު 2024 - 07:53 0

ފޯރިގަދަ ކުޅުމަކަށް ފަހު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) 3-2 ސެޓުން ބަލިކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

މިދިޔަ އަހަރު މުބާރާތް ބޭއްވީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ ފަހަރު ފައިނަލުގައި އެޗްޑީސީން މޮޅުވީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަތުންނެވެ. މިދިޔަ އަހަރު ސެމީ ފައިނަލާއި ފައިނަލް ކުޅުނީ، ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގަ އެވެ. އެކަމަކު، މި ފަހަރު މުޅި މުބާރާތް ކުޅެފައިވަނީ، ހުޅުމާލޭ ޕާކު ވޮލީކޯޓުގަ އެވެ.

ރޭ ކުޅުނު ފައިނަލް މެޗުގެ، ފުރަތަމަ ސެޓު އެޗްޑީސީން 25-16 އިން ގެންގޮސްފައިވަނިކޮށް، ދެ ވަަނަ ސެޓު 18-25 އިން ގެންގޮސް، އެމްއެންޑީއެފް އިން އެއްވަރުކުރި އެެވެ. ތިން ވަނަ ސެޓު، 27-25 އިން ގެންގޮސް އެޗްޑީސީން އަނެއްކާ ވެސް ކުރިހޯދައިފައިވަނިކޮށް، އެމްއެންޑީއެފް އިން ވަރުގަދަ ހިތްވަރެއް ދައްކައި، 29-27 އިން ހަތަރު ވަނަ ސެޓު ގެންގޮސް، ނަތީޖާ ނެރެން ފަސް ވަނަ ސެޓަކަށް މެޗު ގެންދިޔަ އެވެ. އެ ސެޓުން، އެޗްޑީސީން މޮޅުވީ، 15-10 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު، އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.

މުބާރާތުގެ ޑްރީމް ޓީމަށް ބަލާއިރު، ދެ ބެސްޓް އައުޓްސައިޑް އެޓޭކަރަކީ، އެޗްޑީސީގެ ކުޑަކާއްޓެ އާއި ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓެ) އެވެ. ސެޓަރަކަށް، އެޗްޑީސީގެ އަލީ ނިމާލް ހޮވުނުއިރު، މިޑްލް ބްލޮކަރުންނަކީ އެމްއެންޑީއެފްގެ ހުސެއިން ޔޫސުފް (ޓޯއި) އާއި އެޗްޑީސީގެ މުހައްމަދު އަހުސަން އެެވެ. އޮޕޮސިޓް ކުޅުންތެރިއަކަށް، އެމްއެންޑީއެފްގެ ހުސައިން ރަޒާން ހޮވުނުއިރު، ލިބަރޯ އަކީ، ޕޮލްކޯގެ މުހައްމަދު ނައީމް އެވެ.

އެންމެ މޮޅު ކޯޗަކީ، އެޗްޑީސީގެ ކޯޗު، ހުސެއިން ޝަރީފް (ނަލަ ހުސެން) އެވެ.