Advertisement

ފޯއް ތައްޔާރުކުރާ ނުތާހިރު ތަނެއް އަނެއްކާ ވެސް ހޯދައިފި

19 އޮގަސްޓު 2024 - 15:07 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފޯއް ތައްޔާރުކުރާ ނުތާހިރު ތަނެއް އަނެއްކާ ވެސް ހޯދުން -- ފޮޓޯ: އިމިގްރޭޝަން


ފޯއް ތައްޔާރުކުރާ ނުތާހިރު ތަނެއް އަނެއްކާ ވެސް ހޯދައިފި

19 އޮގަސްޓު 2024 - 15:07 0

ފޯއް ތައްޔާރުކުރާ ނުތާހިރު ތަނެއް އަނެއްކާ ވެސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހޯދައި އިއްޔެ ބަންދުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ މާލެ ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މ. ރީތި އޯކިޑްގެ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 02 ބިދޭސީއަކު ވަނީ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.

"މިތަނަކީ، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނަކަށްވެފައި، ސާފުތާހިރުކަން އިންތިހާއަށް ދަށް ކަމަށް ފާހަގަވެފައިވާ ތަނެއް،" އިމިގްރޭޝަނުން ބުންޏެވެ.

މިއާއެކު އެކަން ވަނީ ކަމާ ބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ނުތާހިރުކޮށް ފޯއް ތައްޔާރުކުރާ ތަނުގައި ހުރި ފޯއް ކޯށާ މެޝިން -- ފޮޓޯ: އިމިގްރޭޝަން


އޭގެ އިތުރުން، އެސްއެމްއީ ހަބްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައުލޫމާތު "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވުމާ ގުޅިގެން، އެތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ނުތާހިރުކޮށް ފޯއް ތައްޔާރުކުރާ އިތުރު ދެ ތަނެއް އިމިގްރޭޝަނުން މި މަހު ވަނީ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އެކަން ކުރާ ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ގިނަ ބަޔަކު ދުފަން ބޭނުންކުރާ ފޯއް ނުތާހިރުކޮށް ތައްޔާރުކުރާ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން އެކަން ބިދޭސީން ކުރާ މައްސަލަ ވެސް ދަނީ ބޮޑުވަމުންނެވެ.