Advertisement

ތިލަފުށިން ނުއަގުގައި ބިން ވިއްކަން ނުޖެހޭ: ޔާމީން

18 އޮގަސްޓު 2024 - 23:09 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ތިލަފުށިން ނުއަގުގައި ބިން ވިއްކަން ނުޖެހޭ: ޔާމީން

18 އޮގަސްޓު 2024 - 23:09 0

މި ސަރުކާރުން ނުއަގުގައި ބިން ވިއްކަމުންދާ ކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ގޮވާލައްވައިފި އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އެމަނިކުފާނުގެ ދައުރުގައި ތަރައްގީ ކުރަން ފެށި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިންތައް ވިއްކާލާފައިވާ ކަމަށެވެ. އެ މުއާމަލާތުން ފައިދާވި މީހުން ވެސް ނޭނގޭ ކަމަށާއި އެކަން މި ސަރުކާރަށް ނުބެލޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މި ސަރުކާރުން އެއަށްވުރެ ބޮޑަށް އެކަން އެބަ ކުރެޔޭ. ތިލަފުށީގައި 15ރ. އަށް އަކަފޫޓަކަށް ހުރި ބިން މިއަދު ވިއްކަނީ [ކުއްޔަށް ދެނީ] 5ރ. އަށް އަކަފޫޓެއް. ދެން ކިހިނެއްތޯ މި މައްސަލަތައް ބަލާނީ," ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ތިލަފުށިން ނުއަގުގައި ބިން ވިއްކައި ހުއްސްކޮށްގެން ހާސިލުކުރަން ބޭނުންވަނީ ކޮންކަމެއްތޯ ވިދާޅުވެ ޔާމީން ސުވާލު ކުރެއްވި އެވެ.

"މިއީ އިގުތިސޯދީ ގޮތުން ދަތި ދުވަސްތަކެއް. ނުޖެހޭ ބިން ވިއްކާކަށް ނުއަގުގައި. ލޭންޑް ޕްރައިސްއަކީ އަބަދުވެސް އެޕްރެއިސް ވާނެ އެއްޗެއް. ދަށަކަށް ނުދާނެ އިނގޭތޯ," ޔާމީން ވިދާޅުވި އެވެ.

އެ މުއާމަލާތުގެ ތެރޭގައި ނުސީދާކޮށް މޭޒުގެ ދަށުން ކަންކަން ހިނގާ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލަތައް ބަލާނެ މުއައްސަސާތަކެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށް ވިދާޅުވެފަ އެވެ.

""އަޅުގަނޑެއް ގަބޫލެއް ނުކުރަމޭ މި މައްސަލަތައް ބެލޭނެ ކަމަށް. ކީއްވެގެންތޯ އޭސީސީއަށް ވަންނަ އެއްވެސް މައްސަލައެއް, ދަފްތަރު ނަންބަރެއް, ނޫނީ ސުމާރު ނަންބަރެއް ކޭސް ނަންބަރެއް ދިނުން ފިޔަވައި ކުރާ ކަމެއް ނެތެއް ނޫންތޯ," ޔާމީން ވިދާޅުވި އެވެ.

ރައްުޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރަށް އޮތް އިރު ރައްޔިތުންގެ ހައްގުގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ މެދު ވާހަކަ ދައްކާނެ މެންބަރުން ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ކުއްޔަށް ދޭން ހުޅުވައިލީ، ސަރުކާރުން ބޭނުންވި ބަޔަކަށް އަގުހެޔޮކޮށް ބިންތަކެއް ދިނުމަށް ފަހުކަން "އަދަދު" ނޫހުން ވަނީ މިއަދު ހާމަކޮށްފަ އެވެ.

ތިލަފުށިން ބިން ކުއްޔަށް ދޫކުރަން ހުޅުވައިލީ ނިމިގެން ދިޔަ ޖުލައި މަހު އެވެ. ނަމަވެސް އޭގެ ކުރިން ގާތްގަނޑަކަށް 70 ވަރަކަށް ބިން، ސަރުކާރުގެ އިސް މީހުންނާ ގުޅުން އޮންނަ ފަރާތްތަކަށް އަގުހެޔޮ ރޭޓެއްގައި ދޫކޮށްފައިވާ ކަމަށް، އެ މައުލޫމާތު އެނގޭ މަސްދަރަކުން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

އެ ބިންތައް ދޫކުރީ އިއުލާނު ކުރުމެއް ނެތި، ހަމައެކަނި ހުށަހެޅި ސިޓީއަކަށެވެ. ސިޓީ ހުށަހެޅި ފަރާތްތަކަށް އަކަފޫޓަކަށް 5ރ. ގެ ރޭޓުން ބިން ދޫކުރިއިރު، މިދިޔަ މަހު ކުރި އިއުލާނާ ގުޅިގެން ބިން ކުއްޔަށް ދޫކުރަނީ އަކަފޫޓެއް 8ރ. އަށެވެ. އިއުލާނުގެ ދަށުން ދޫކުރާ ބިންތަކުގެ އެހެން ރޭޓުތައް ވެސް ދެގުނަ ބޮޑެވެ.