Advertisement

ލުބްނާނުން ތެޔޮ ހުސްވެ، މުޅި ގައުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ

18 އޮގަސްޓު 2024 - 10:09 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލެބްނާނުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން -- ފޮޓޯ: ރޮއިޓާސް


ލުބްނާނުން ތެޔޮ ހުސްވެ، މުޅި ގައުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ

18 އޮގަސްޓު 2024 - 10:09 1

ލުބުނާނުގެ މައި ޕަވާ ޕްލާންޓުން ތެޔޮ ހުސްވެ، މުޅި ގައުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް އެ ގައުމުގެ ޔުޓިލިޓީ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ޒަހްރާނީ ޕަވާ ޕްލާންޓުން ތެޔޮ ހުސްވެގެން ހިދުމަތަށް ބުރޫ އެރުމުން ކަމަށާއި އެއާއެކު ބެއިރޫޓް އެއާޕޯޓް އަދި ޕޯޓުން ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

"ތެޔޮ ރައްކާ ކުރުމަށްފަހު އަލުން ކަރަންޓު ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން. ކުރީގެ ހާލަތަށް އަނބުރާ ގެންނަން ވަގުތު ނަގާނެ،" އެ ކުންފުނިން ބުންޏެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ލުބްނާނުން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ އިތުރުވެފަ އެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ގައުމުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑެ އެވެ.

ކުރިން ލުބްނާނުގައި ދުވާލަކު 1،600 މެގަވޮޓާއި 2،000 މެވަވޮޓާ ދެމެދުގެ އަދަދަކަށް ކަރަންޓު އުފައްދަ އެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ތެޔޮ ލިބުން ދަތިވުމާއެކު ކަރަންޓު އުފައްދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ.

މެދުއިރުމަތީގައި މިހާރު ކުރަމުން އަންނަ ހަނގުރާމާގައި އިޒްރޭލުން އަންނަނީ ލުބްނާނަށް ވެސް ހަމަލާ ދެމުންނެވެ. އެއާއެކު އެ ގައުމަށް އޮތް ނުރައްކާ ވެސް ވަނީ ބޮޑުވެފަ އެވެ.

މީގެ އިތުރުން އެ ގައުމަށް އާންމު ހިދުމަތްތައް ހޯދުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. ތެލާއި ކާބޯތަކެތި ގައުމަށް އެތެރެކުރަން ވެސް އަންނަނީ ދަތިތައް ދިމާވަމުންނެވެ.