Advertisement

ހިޒްބުﷲގެ ހަމަލާތަކާއެކު އިޒްރޭލުން ކުއްލި ހާލަތު އިއުލާންކޮށްފި

25 އޮގަސްޓު 2024 - 10:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުގެ އަޔަން ޑޯމްއިން ލެބްނާނުން ފޮނުވާލި ރޮކެޓްތައް ހުއްޓުވަނީ -- ފޮޓޯ: އޭއެފްޕީ


ހިޒްބުﷲގެ ހަމަލާތަކާއެކު އިޒްރޭލުން ކުއްލި ހާލަތު އިއުލާންކޮށްފި

25 އޮގަސްޓު 2024 - 10:21 0

ލުބްނާންގެ ހިޒްބުﷲ އިން ދިން ވަރުގަދަ ހަމަލާތަކާއެކު އިޒްރޭލުގައި ކުރިއަށް އޮތް 48 ގަޑިއިރަށް ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

ލުބާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ރޮކެޓުތަކާއި، ޑްރޯންތަކުން ހަމަލާތައް ދިނީ އިޒްރޭލުން ދިން ހަމަލާތަކުގެ އިތުރުން ހިޒްބުﷲ ގެ ކޮމާންޑަރު ފުއާދް ޝުކޫރު މަރާލި ހަމަލާގެ ރައްދުގައި ކަމަށް ވަނީ ބުނެފަ އެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުއްލި ހާލަތު ވަނީ އިއުލާންކޮށްފައި. މިއާއެކު ގިނަ މީހުން އެއްތަނަކަށް އެއްވުން މަދުކޮށް، ބައެއް ސަރަހައްދުތައް ވަނީ ބަންދުކޮށްފައި،" އިޒްރޭލުގެ ވައިނެޓް ނިއުސްއިން ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ލެބަނާނުން 320 ރޮކެޓު ފޮނުވާލީ އިޒްރޭލުގެ 11 މިލިޓަރީ ބޭސްއަކަށެވެ. އޭގެ ތެރޭގައި މެރޮން ބޭސްއާއި ގޯލާންގެ އުސްބިންތަކުގައިވާ ހައިޓްސްގެ ހަތަރު ސައިޓެއް ހިމެނެ އެވެ.

ހަމަލާތަކަށްފަހު ހިޒްބުއްﷲ އިން ބުނީ އިޒްރޭލަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ފުރަތަމަ ފޭސް ނިންމާލެވިފައި ވަނީ ވަރަށް ކާމިޔާބުކަމާއެކު ކަމަށެވެ.

އިޒްރޭލުން ވެސް ވަނީ ރައްދުގައި ބައެއް ހަމަލާތަކެއް ލެބްނާނަށް ދީފަ އެވެ.

އޭގެއިތުރުން އިޒްރޭލުން އަންނަނީ ފަލަސްތީނުގެ ގާޒާއަށް ވެސް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވަނީ މަރުވެފަ އެވެ.