Advertisement

ލޭނު މަސްވެރިކަން: ޔޫކޭ-މޯލްޑިވްސް ފްރީ ޓްރޭޑް އެއްބަސްވުމަށް ހުރަސް އެޅިދާނެކަމުގެ ކަންބޮޑުވުން

17 އޮގަސްޓު 2024 - 10:09 1

މުހައްމަދު ޝަހްޒާން

މ

Advertisement

ލޭނުތަކެއް އަޅާފައިވާއިރު އައިންމަތީ ދޫނިތަކެއް އުުދުހެނީ. ކަނޑުގެ ހުރިހާ ދިރުމަކަށް ވެސް ލޭނު އެޅުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭ --- ފޮޓޯ: ވޯލްޑް ވައިލްޑްލައިފް ފަންޑް


ލޭނު މަސްވެރިކަން: ޔޫކޭ-މޯލްޑިވްސް ފްރީ ޓްރޭޑް އެއްބަސްވުމަށް ހުރަސް އެޅިދާނެކަމުގެ ކަންބޮޑުވުން

17 އޮގަސްޓު 2024 - 10:09 1

Advertisement

Advertisement

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދީފިނަމަ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެކުލަވައިލުމަށް މަސައްކަތް ފަށާފައިވާ ފްރީ ޓްރޭޑު އެއްބަސްވުމުގެ މަޝްވަރާތަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރީން ވަނީ ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދެއް އެކުލަވައިލާ އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފަ އެވެ.

Advertisement

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަމުން ރާއްޖެއިން އިނގިރޭސިވިލާތަށް ކުރިން ކަނޑައަޅުއްވާފައި ހުރި ސަފީރު، ޑރ. ފަރްހަނާޒް ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުމެއް ދެގައުމުގެ ދެމެދުގައި އެކުލަވައިލުމުގެ މަސައްކަތް ފެށުމަށް އެންމެ ބޮޑަށް ބާރު ލިބުނީ ވެސް ރާއްޖޭގައި މަސްވެރިކަން ކުރުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ގޮތްތަކުގެ ސަބަބުން ކަމަށެވެެ.

"ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ދިވެހި ސަރުކާރުން އުޅޭތީ ވަރަށް ކަންބޮޑުވޭ. އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ފަށަން އެންމެ ބޮޑަށް ބާރު ލިބުނީ ރާއްޖޭގައި މަސްވެރިކަން ކުރަމުން ދާ ދެމެހެއްޓެނިވި ގޮތްތައް،" އިނގިރޭސިން ލިޔުއްވި ޕޯސްޓެއްގައި ފަރްހަނާޒް ވިދާޅުވި އެވެ.

ލޭނު އެޅުމުގެ ހުއްދަ ދިނުމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި އިނގިރޭސިވިލާތުގެ ކުރީގެ ފޮރިން އޮފީސް މިނިސްޓަރު، ޒެކް ގޯލްޑްސްމިތު ވެސް ޕޯސްޓު ކުރައްވާފައިވެ އެވެ.

Advertisement

ލޭނުގައި ޖެހޭ މިޔަރު ކިރައި ބޭރުކުރަން ކުރަން ހުއްދަ ދެނީ

އެ ގަވާއިދުގެ ދަށުން މިޔަރު ކިރައި ބޭރު ކުރެވޭނީ އެކަމަށް ހާއްސަކޮށް ފިޝަރީޒް މިނިސްޓަރީން ދޫކުރާ ލައިސެންސެއް އޮންނަ ފަރާތަކަށެވެ. އެ ލައިސެންސް ނަގާ ފަރާތްތަކުން ކޮންމެ އަހަރަކު 10،000ރ. ގެ ފީއެއް މިނިސްޓަރީއަށް ދައްކަންޖެހެ އެވެ.

ލޭނުގައި ޖެހޭ މިޔަރު ކިރައި ބޭރުކުރަން ކުރަން ހުއްދަ ދެނީ

އެ ގަވާއިދުގެ ދަށުން މިޔަރު ކިރައި ބޭރު ކުރެވޭނީ އެކަމަށް ހާއްސަކޮށް ފިޝަރީޒް މިނިސްޓަރީން ދޫކުރާ ލައިސެންސެއް އޮންނަ ފަރާތަކަށެވެ. އެ ލައިސެންސް ނަގާ ފަރާތްތަކުން ކޮންމެ އަހަރަކު 10،000ރ. ގެ ފީއެއް މިނިސްޓަރީއަށް ދައްކަންޖެހެ އެވެ.

ފަރްހަނާޒްގެ ޕޯސްޓު ރީޕޯސްޓު ކުރައްވައި ޒެކް ކުރެއްވި ޕޯސްޓުގައި ވެސް ވިދާޅުވީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ފެށީ ރާއްޖޭގައި މަސްވެރިކަން ކުރަމުންދާ ދެމެހެއްޓެނިވި ގޮތުގެ ސަބަބުން ކަމަށެވެ.

"ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވައިލަން އެއްބަސްވީ ރާއްޖޭގައި މަސްވެރިކަން ކުރާ ދެމެހެއްޓެނިވި ގޮތުގެ ސަބަބުން، މިހާރު [ދެމެހެއްޓެނިވި މަސްވެރިކަމަށް] މިއޮތީ ނުރައްކަލަށް ހުށަހެޅިފައި،" ޒެކް ވިދާޅުވި އެވެ.

އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި އެމްޑީޕީގެ ޗެއާޕާސަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ލޭނު މަސްވެރިކަން ކުރުން މަނާ ކުރީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ ފައިދާ އެނގޭތީ ކަމަށެވެ.

"މިއަދުގެ ސަރުކާރަށް މިކަމުގައި ހުރި މައްސަލަތައް ފަހުމުނުވުމާއި މަދު ބަޔަކަށް ފައިދާ ލިބޭ ގޮތަށް އެކަށައެޅުމަށް މަސައްކަތް ކުރަމުންދާ ގެއްލުންހުރި ސިޔާސަތުތަކުގެ ސަބަބުން ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އިގުތިސާދީ ގޮތުން ހޯދި ކުރިއެރުންތައް ފުނޑުފުނޑުވުމަށް އަވަސް މަގެއް ކޮށިގެންދޭ،" ފައްޔާޒް ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން މި ސަރުކާރުން މިހާރު ގެންގުޅޭ ދެއުޅިއެއްނުވާ ސިޔާސަތު ބަދަލު ނުކޮށްފި ނަމަ، އިގުތިސާދާ މެދު އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ އިތުރުން އާންމުންގެ އޮތް އިތުބާރު ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"މިސްރާބު ބަދަލުކޮށް އިތުބާރު ހޯދުމުގެ ފުރުސަތު އަދިވެސް އެބަ އޮތް. ލޭނުގެ މަސްވެރިކަމާއި މިޔަރުގެ މަސްވެރިކަން މަނާ ކޮށްފައި އޮތް އޮތުން އުވައިލަން ސަރުކާރުން ނިންމާފައިވާ ނިންމުން މިހާރުން މިހާރަށް ބަދަލު ކުރުމަށް އިލްތިމާސް ކުރަން،" ފައްޔާޒް ވިދާޅުވި އެވެ.

ރާއްޖޭގައި ލޭނު އެޅުމުގެ ހުއްދަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ކުރަން ވެސް ވަނީ ފަށައިފަ އެވެ. މިހައިތަނަށް 13،500 އަށްވުރެ ގިނަ މީހުން އެ ޕެޓިޝަނުގައި ސޮއި ކޮށްފައިވެ އެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިން ދެކޮޅު ކަމެކެވެ. ސަރުކާރުގެ އެ ނިންމުމާ ދެކޮޅު ހަދައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔޫނިއަން އޮފް ފުޑް، އެގްރިކަލްޗަރަލް، ހޮޓެލް، ރެސްޓޯރެންޓު، ކޭޓަރިން، ޓޮބޭކޯ އެންޑް އެލައިޑް ވޯކާސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވެ އެވެ.

ލޭނު އަޅަން ބޭނުންކުރާ ކަންވާރުތައް ކަނޑަށް ގެއްލި އުޅަނދުތައް އެއްގަމަށް މިސްރާބު ޖަހާ ފަހުން ވެސް ކަނޑުގެ ދިރުންތައް އޭގައި ޖެހި އެ ދިރުންތައް ނެތިދާކަން ދިރާސާތަކުން ދައްކަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 2022 ގައި އެކަނި ވެސް 740,000 ކިލޯމީޓަރުގެ ލޭނު ކަންވާރު ކަނޑަށް ދޫވެފައިވެ އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަސާސް

7 months ago

އިބިލީހުގެ ކައިވެންޏަށް ވެފައިވާ އެގްރިމެންޓެއްގެ ވާހަކަ ތިދައްކަނީ. ސުރުހީ އަޅާލިގޮތަށް ފްރީޓްރޭށްގެ ވާހަކަ ބުރެކި ޖެހިފައި އޮތީ. ފަރަހަނާޒްމެން މުސާރަ ނަގާފަ ކުރިކަމެއްނެތް.