Advertisement

އޮލިމްޕިކްސްގައި ހޯދި މެޑަލާ އެކު އަމިއްލަ ގައުމުގެ މިލިއަނަރުންނަށް

17 އޮގަސްޓު 2024 - 09:32 0

ފެންސިން އިން ރަން މެޑަލް ހޯދި ހޮންގް ކޮންގްގެ ޝެއުން ކަ ލޯން.


އޮލިމްޕިކްސްގައި ހޯދި މެޑަލާ އެކު އަމިއްލަ ގައުމުގެ މިލިއަނަރުންނަށް

17 އޮގަސްޓު 2024 - 09:32 0

މެނިލާ، ފިިލިޕީންސް (އޮގަސްޓް 17) - ފްރާންސްގެ ޕެރިހުގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ހޯދި މެޑަލްތަކާ އެކު، ބައެއް އެތުލީޓުން ނިސްބަތްވާ ގައުމުތަކުން ދިން ފައިސާގެ އިނާމާ އެކު، އެެ އެތުލީޓުން އެ ގައުމުގެ މިލިއަނަރުންނަށް ވެއްޖެ އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އިން މެޑަލް ހޯދި ގައުމުތަކުގެ ތެރެއިން، އިނާމް ފައިސާއެއް ނުދެނީ ހަތަރު ގައުމަކުންނެވެ. އެއީ، ގްރޭޓް ބްރިޓިއަން، ނިއު ޒީލެންޑް، ސްވިޑެން އަދި ނޯވޭ އެވެ.

އެކަމަކު، ގިނަ ގައުމުތަކަކުން ވަނީ އެތުލީޓުންނަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ދީފަ އެވެ.

އޮލިމްޕިކްސް އިން މެޑަލް ހޯދި އެތުލީޓުންނަށް އެންމެ ގިނައިން ފައިސާގެ އިނާމު ދީފައިވަނީ، ހޮންގް ކޮންގުންނެވެ. އެ ގޮތުން، ފެންސިން އިން ރަން މެޑަލް ހޯދި ހޮންގް ކޮންގްގެ ޝެއުން ކަ ލޯން އާއި ވިވިއަން ކޮން މައިން-ވައި، ކޮންމެ އެތުލީޓަކަށް ހޮންގް ކޮންގް ޑޮލަރުގެ ހަ މިލިއަން ލިބުނެވެ. އެއީ، ޔޫއެސް ޑޮލަރުން ބަލާނަމަ، 770،000 ޑޮލަރެވެ.

ދެ ވަނަ އަށް އެންމެ ގިނަ ފައިސާގެ އިނާމު ލިބުނީ، ޓައިވާން/ޗައިނީސް ޓައިޕޭގެ ތިން އެތުލީޓަކަށެވެ. އެއީ ބޮކްސިން އިން ރަން މެޑަލް ހޯދި ލިން ޔޫ ޓިން އާއި ބެޑްމިންޓަނުން ރަން މެޑަލް ހޯދި ލީ ޔަންގް އާއި ވަން ޗީ ލިން އަށެވެ. މި ތިން އެތުލީޓުން ކުރެ ކޮންމެ އެތުލީޓަކަށް، އެ ގައުމުގެ، 20 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ، ޔޫއެސް ޑޮލަރުންނަމަ، ކޮންމެ އެތުލީޓަކަށް، 619،000 ޑޮލަރެވެ.

ފިލިޕީންސްގެ 24 އަހަރުގެ ޖިމްނާސްޓިކް ތަރި، ކާލޯސް ޔޫލޯ އަށް ވަނީ، އޭނާ ހޯދި ދެ ރަން މެޑަލްގެ ތެރެއިން ކޮންމެ މެޑަލް އަކަށް، 20 މިލިއަން ޕެސޯސް (ޔޫއެސް ޑޮލަރުންނަަމަ، 351،358 ޑޮލަރު) ލިބިފަ އެވެ. މީގެ އިތުރުން، ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ފަރާތުން، ކާލޯސް އަށް ވަނީ 100،000 ޔޫއެސް ޑޮލަރު ލިބިފަ އެވެ.

ހަތަރު ވަނަ އަށް އެންމެ ބޮޑު ފައިސާގެ އިނާމެއް ލިބުނީ، އީރާނުގެ ތިން އެތުލީޓަކަށެވެ. އެއީ، ރެސްލިންގެ އެތުލީޓަކާއި ޓައެކްވަންޑޯގެ ދެ އެތުލީޓުންނަށެވެ. ސައީދު އިސްމާއިލީ ލެއިވެސީ އާއި އަރިއާން ސަލީމީ އަދި ސާރަވީ މުހައްމަދީ، މީގެ ތެރެއިން ކޮންމެ އެތުލީޓަކަށް، 18 ބިލިއަން ތޮމާން ވަނީ ދީފަ އެވެ. މިއީ، ޔޫއެސް ޑޮލަރުން ނަމަ، އެތުލީޓަކަށް، 428،000 ޑޮލަރެވެ.

ފަސް ވަނައިގައި އޮތީ، ފްރާންސްގެ ފެތުންތެރިޔާ، ލެއޯން މާޗަންޑް އެވެ. އޭނާ ހަތަރު ރަން މެޑަލް ހޯދިއިރު، ޖުމްލަ އެކު، 374،000 ޑޮލަރު ލިބުނެވެ. އަދި ހަދިޔާގެ ގޮތުގައި އެެހެނިހެން ގޮތްގޮތުން، 25،000 ޑޮލަރު ލިބިފައިވެ އެވެ.